
ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަން ދެމިއޮންނާނެ: ނައިބު ރައީސް ފައިސަލް
ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަން ދެމިއޮންނާނެ: ނައިބު ރައީސް ފައިސަލް
ލިޔުން:
ބަންގްލަދޭޝްއަކީ ރާއްޖޭގެ ޤައުމީ ތަރައްޤީއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގާތްއެކުވެރި ޤައުމެއްކަމަށާއި ދެ ޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި އަބަދުވެސް ދެމިއޮންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ މިނިވަންދުވަހާއި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ހުންނަ ބަންގަލަދޭޝްގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން މިރޭ ޖެން މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން، ރާއްޖޭގެ އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީގައި، އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ޙައްޤުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ބަންގްލަދޭޝް އަކީ މުއްސަނދި ސަގާފަތަކާއި ތާރީޚެއް ލިބިފައިވާ ޤައުމެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި 1978 ވަނަ އަހަރު ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރުމުގެ ކުރިންވެސް މި ދެޤައުމަކީ އާދަކާދައާ ސަގާފަތާ އަދި ވިޔަފާރިއާ ކަނޑުދަތުރުފަތުރުކުރުން ފަދަ ކަންކަމުގައި ވަރަށް އެއްގޮތް އާދަކާދަތަކެއް ހިއްސާކުރާ ދެ ޤައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ފައިސަލް ވަނީ ބަންގަލަދޭޝްގެ ތާރީޚަށް އަލިއަޅުވާލައްވައި އެޤައުމުގެ މިނިވަންކަމުގެ ބާނީ، ބަންގަބަންދު ޝެއިޚް މުޖީބުއް ރަޙްމާން ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވާފައެވެ. އަދި 1971 ވަނަ އަހަރު ބަންގްލަދޭޝް އުފެދިގެން ދިޔައީ ބަންގަބަންދުގެ ލާމަސީލު ލީޑަރޝިޕާއި އިންސާފަށް ކެނޑިނޭޅި ކުރެއްވި މަސައްކަތްތަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ މިނިވަންކަން ހޯއްދެވުމުގެ މަސައްކަތުގައި، "ކޮންމެ ގެއެއް ކިއްލާއަކަށް ބަދަލުކޮށްދެއްވުމަށް" ވިދާޅުވެ، 1971 ވަނަ އަހަރުގެ މާރޗް މަހުގެ 7 ވަނަ ދުވަހު ބަންގަބަންދު ދެއްކެވި ވާހަކަފުޅަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ދިވެހިރާއްޖެއާ ބަންގުދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1978 ސެޓެމްބަރު 22 ގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
