އއ. އުކުޅަހު ބަނދަރުގައި ސަފާރީއެއް ބާއްވައިގެން ރަށަށް ބަނގުރާ އެތެރެކުރާ ކަމަށް ތުހުމަތު ކުރާ މައްސަލައިގައި، އެ ސަފާރީ އުކުޅަހު ފަޅުން ނެރުމަށް ކޯޓުން އަންގައިފިއެވެ.
ކޯޓުން ބުނެފައިވަނީ މިރޭގެ 10 އެއްގެ ކުރިން "ޒެޑް ކްރޫޒާ" ގެ ނަމަުގައި އުކުޅަހު ބަނދަރުން އޮތަ ސަފާރީ ބޭރުކުރުމަށެވެ. އެއީ އެ ރަށުން ކައުންސިލުންގެ އެދުމަކަށް ކޯޓުން ނެރުނު އަމުރެކެވެ. އެގޮތުން އެ އަމުރުގައި ވަނީ 24 ގަޑިއިރު ސަފާރީ ބޭރު ކުރުމަށް ދީފައެވެ. ސަފާރީން އުކުޅަހަށް ބަނގުރާ އެތެރެކުރާ މައްސަލަ ބޮޑުވެ، އެރަށު ރައްޔިތުން ވެސް ވަނީ، ކައުންސިލް ދޮދަށް އެއްވެ އެކަން ހުއްޓުވުމަށް މަސައްކަތްކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ކޯޓު އަމުރުގެ ދަށުން ސަފާރީ ބަލާފާސްކުރި އިރު، އޭގައި ބަނގުރާ ނެތްކަމަށް ރަށު މީހުން ބުނެއެވެ. ރަށު މީހުން ބުނާ ގޮތުގައި، ފުލުހުން ސަފާރީ ފާސްކުރަން ދާކަން އެނގުމުން އެމީހުން ރާފުޅިތައް ފޮރުވީއެވެ. އުކުޅަހު ރައްޔިތުންވަނީ މިކަމަށް ހައްލެއް މުފެނުމުގެ ސަބަބުން މުޒާހަރާއަށް ވެސް ނިކުމެފައެވެ. އުކުޅަހަކީ ގެސްހައުސް ވިިޔަފާރި ފުޅާ ރަށަކަށްވިޔަސް، ބަނގުރާ ވިއްކުމާމެދު ރަށުގެ ރައްޔިތުން މުޅިން ދެކޮޅެވެ.
ރާ ވިއްކާކަމަށް ބުނާ ސަފާރީ އުކުޅަސް ފަޅުން ނެރެން އަންގައިފި
ރާ ވިއްކާކަމަށް ބުނާ ސަފާރީ އުކުޅަސް ފަޅުން ނެރެން އަންގައިފި
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
