މާލެ: 31°C

ރ.މަޑުއްވަރީގައި ހިނގިމާރާމާރިއާ ގުޅިގެން މީހަކު ހައްޔަރަށް

April 1, 2025
163 ފަހަރު ބަލާފައި
ރ.މަޑުއްވަރީގައި ހިނގިމާރާމާރިއާ ގުޅިގެން މީހަކު ހައްޔަރަށް
ރ.މަޑުއްވަރީގައި ހިނގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ރ.މަޑުއްވަރީގައި ހިނގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ރ.މަޑުއްވަރީގައި ދެމީހެއްގެ ދެމެދު ހިނގި މާރާމާރީގެ މައްސަލަ ރޭ 11:28 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާކަމަށާއި، އެ މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެ މާރާމާރީގައި އަނިޔާވި މީހާއަށް އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާކަމަށާއި، އެ މައްސަލަ އިތުރަށް ފުލުހުން ތަހުގީގުކުރަމުންގެންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ