
ރ. މީދޫ އަދި ހއ. ހޯރަފުށީގައި ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދަނީ
ރ. މީދޫ އަދި ހއ. ހޯރަފުށީގައި ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދަނީ
ލިޔުން:
މިނިސްޓްރީ އޮފް ފިނޭންސް އިން ރ. މީދޫ އަދި ހއ. ހޯރަފުށީގައި ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.
ހެލްތު މިނިސްޓްރީގެ އެދިލެއްވުމުގެ މަތިން ފިނޭސް މިނިސްޓްރީއިން ކޮށްފައިވާ މި އިއުލާނުގައި ވާ ގޮތުން އެމަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނެޝަނަލް ކޮންޕެތިތިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަށްޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައުޓީރިއާ ބީލަން ފޮތުގައި ވާނެ ކަމަށެވެ. އެ މަސައްކަތުގެ ބީލަމުގައި ބައިވެރިވާ ފަރާތްތަކުން 500ރ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.
އެ ޕްރޮޖެކްޓުގެ ކޮންމެ ހޮސްޕިޓަލަކަށް ބިޑްސެކިއުރިޓީގެ ގޮތުުގައި 472،000ރ ދައްކަން ޖެހެއެވެ.
މީދޫ އަދި ހޯރަފުށީގައި މިހާރު ހުންނަނީ ހެލްތުސެންޓަރެވެ. މި ޕްރޮޖެކްޓްގެ ސަބަބުން މި ދެރަށުގެ ރައްޔިރުންނަށް ސިއްހީ ދާއިރާއިން ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ އެވެ. އެގޮތުން ސިއްހީ ކަންކަމުގެ ދަތުރުތަކަށް މިދެރަށުގެ ރައްޔިތުންގެ އަތުން ދާހަރަދު އެތައްތަނެއް ކުޑަވެގެން ދާނެއެވެ. ބިޑު ތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހު 11:00 ގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
