މާލެ: 31°C

ކައުންސިލްތައް އިމާރާތްކުރާާ މަޝްރޫއުތަކުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލަކަށް، ރ. މަޑުއްވަރީ ކައުންސިލްގެ ބިންގާ އަޅައިފި

January 23, 2025
109 ފަހަރު ބަލާފައި
ކައުންސިލްތައް އިމާރާތްކުރާާ މަޝްރޫއުތަކުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލަކަށް، ރ. މަޑުއްވަރީ ކައުންސިލްގެ ބިންގާ އަޅައިފި
ކައުންސިލްތައް އިމާރާތްކުރާާ މަޝްރޫއުތަކުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލަކަށް، ރ. މަޑުއްވަރީ ކައުންސިލްގެ ބިންގާ އަޅައިފި އެވެ.

ކައުންސިލްތައް އިމާރާތްކުރާާ މަޝްރޫއުތަކުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލަކަށް، ރ. މަޑުއްވަރީ ކައުންސިލްގެ ބިންގާ އަޅައިފި އެވެ.

އެ ކައުންސިލްގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޑުއްވަރިއަށް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެވެ.

އެ ރަސްމިއްޔާތުގައި ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ބައިވެރިވެލެއްވި އިރު މިނިސްޓަރު އެކްސްގައި މިއަދު ވިދާޅުވީ އެ ކައުންސިލް އިމާރާތް ހަދާނީ ދެ ބުރިއަށް ކަމަށެވެ.

މިއީ ހާލަތު ދަށްކޮށް ހުރި 55 ކައުންސިލް އިމާރާާތްކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން އިމާރާތްކުރާާ ކައުންސިލް އިމާރާތެކެވެ.

މެލެޝިއާގެ ހެކްސްޓާ ގްލޯބަލްއާ ހަވާާލުކޮށް ހިންގާ އެ މަޝްރޫއުގައި ސޮއިކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މީގެ ކުރިން ވިދާޅުވި ގޮތުގައި ވަރަށް ދަށް ހާލުގައި ހުރި ގިނަ ކައުންސިލްތައް އެބަ ހުއްޓެވެ.

އެގޮތުން ޖުމްލަ 87 ކައުންސިލް އިމާރާތް އަޅަން ޖެހޭކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

55 ކައުންސިލް އިމާރާގް އަޅަން ހަވާލުކުރި އިރު ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިމާރާތެއް ތަރައްގީކުރަން ވެސް އޮތޯ ނިންމައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ