މާލެ: 31°C

ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި އެރަށު ކައުންސިލްގެ އެސްޖީ ނިޔާވެއްޖެ

ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި އެރަށު ކައުންސިލްގެ އެސްޖީ ނިޔާވެއްޖެ
April 9, 2023
2 ފަހަރު ބަލާފައި
ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި އެރަށު ކައުންސިލްގެ އެސްޖީ ނިޔާވެއްޖެ
ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަސްލަމް އަބްދުﷲ ނިޔާވެއްޖެއެވެ. މަޑުއްވަރީ ކައުންސިލްގެ ނައިބް ރައީސް އަހްމަދު އަޝްރަފް " މިނިވަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިިަދު މެންދުރެއްހާ އިރު ކައުންސިލްގެ ޕިކަޕް ގަރާޖައްވައްދަން އުޅުމުގެ ތެރޭގައި ގަރާޖު ފާރު ކައިރީ އެސްޖީ އަސްލަމް ހުންނަވަނިކޮށް ފާރާއި ޕިކަޕްދޭތެރޭ ތާށިވެގެން ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެއެކްސިޑެންޓްގައި އަނިޔާވި މީހާ އުނގޫފާރު ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މިހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ކުރަމުން ކަމުގައި ވެސް ފުލުހުން ބުންޏެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ