މާލެ: 31°C

ރ. ކިނޮޅަހު ކައުންސިލުގެ ބިންގާވެސް އަޅައިފި

January 23, 2025
199 ފަހަރު ބަލާފައި
ރ. ކިނޮޅަހު ކައުންސިލުގެ ބިންގާވެސް އަޅައިފި
ރ. ކިނޮޅަސް ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވައިފި އެވެ.

ރ. ކިނޮޅަސް ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވައިފި އެވެ.

ކިނޮޅަސް ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައި ދެއްވުމަށް މިއަދު ހެނދުނު، އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެ އިދާރާގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ކިނޮޅަސް ކައުންސިލްގެ ރައީސާއި، އެ ކައުންސިލްގެ އެންމެހައި މެންބަރުންނާއި، އެ ރަށު ޑަބްލިޔޫޑީސީގެ އެންމެހައި މެންބަރުންނާއި، ކިނޮޅަހުގެ މުއައްސަސާތަކުގެ ވެރިންނާއި، އެ ރަށުގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވި އެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ހުރިހައި ރަށެއްގެ ކައުންސިލް އިދާރާގެ، އައު ޢިމާރާތުގެ މަސައްކަތް ކުރަނީ، ލޯކަލް ކައުންސިލް މިނިސްޓްރީނބް ބުނާ ގޮތުގައި މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ”ހެކްސްޓަރ ގްލޯބަލް“ އިންނެވެ. އެހެންނަމަވެސް އެ އެއްބަސްވުމުގައި ސޮއިކުރީ ހެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރެވެ. ހެކްސްޓާ މޯލްޑިވްސް އަކީ އެންމެ ޝެއާ ހޯލްޑަރެއްގެ މައްޗަށް އުފައްވާފައިވާ ފަސް މަސް ދުވަސްވެސް ނުވާ ކުންފުންޏެކެވެ. 

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަން ފެށި، ކައުންސިލް އިދާރާގެ އައު ޢިމާރާތް ބިނާކުމުގެ މަޝްރޫޢުގެ ސަބަބުން އެ ކައުންސިލްތައް ހިންގުމަށް އިތުރު ލުއި ފަސޭހަކަން ލިބި، ރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުވެގެން އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ