މާލެ: 31°C
ގުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކަށް ހުޅުވާލައިފި

ގުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކަށް ހުޅުވާލައިފި

May 4, 2024
2 ފަހަރު ބަލާފައި
ގުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކަށް ހުޅުވާލައިފި
ގުރުއާން ހިތުދަސްކުރުމުގެ ކުލާސްތަކަށް ވަނުމުގެ ފުރުސަތު ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ހުޅުވާލައިފިއެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނީ މިއަހަރުގެ ދެވަނަ ސެމިސްޓާގައި ފެށުމަށް ހަމަޖެފައިވާ ކުލާސްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވައިލައިފައި ވަނީ މި މަހުގެ 19 އާ ހަމައަށެވެ. އަދި މި ކުލާސްތަކުގައި ބައިވެރިވެވޭނީ އުމުރުން 7 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށާއި ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމީލް ޖަލީލް މިސްކިތާއި މާލޭގެ ސަލްމާން މިސްކިތުގައި ކަމަށް ވެސް މައުލޫމާތުދެއެވެ. އެކަމަށް އެދޭ ފޯމު މަރުކަޒުގެ ކައުންޓަރުންނާއި ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ. އަދި މި ލިންކް https://chq.gov.mv/wp-content/uploads/2024/05/F011-Application-for-Quran-Memorizing-course.pdf މެދުވެރިކޮށް ވެސް ފޯމް ފުރައި ހުށަހެޅޭނެއެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކުލާސްތަކަށް ބައިވެރިން ނަގާނީ ޙިފުޡުހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށް ފަހުގައެވެ. އަދި މާކްސް އެއްވަރުވެއްޖެނަމަ ފުރުސަތު ދިނުމުގައި އިސްކަން ދޭނީ ފޯމު ހުށައަޅާފައިވާ ތަރުތީބަށެވެ. އެގޮތުން، އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ފެށިގެން 28 އާ ދެމެދުގައި ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ