މާލެ: 31°C
ކޯރަމް ހަމަނުވެގެން މިއަދުގެ މަޖިލިސް ޖަލްސާ ފަސްކޮށްފި

ކޯރަމް ހަމަނުވެގެން މިއަދުގެ މަޖިލިސް ޖަލްސާ ފަސްކޮށްފި

February 21, 2024
4 ފަހަރު ބަލާފައި
ކޯރަމް ހަމަނުވެގެން މިއަދުގެ މަޖިލިސް ޖަލްސާ ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖެހިފަ އޮތް ގަޑިއަށް ކޯރަމް ހަމަނުވުމުން ޖަލްސާ ފެށުން ފަސްކޮށްފި އެވެ.

 މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ ޖަލްސާ ނުފެށި ލަސްވަމުންދަނީ ކޯރަމް ހަމަނުވާތީ ކަމަށެވެ. "ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމްއަށް އަދި މެންބަރުން ވަޑައިގެންފައިނެތް،" ސަލީމް ވިދާޅުވި އެވެ.
ކޯރަމް ހަމަނުވާތީ  ގައި ޖަލްސާ ފެށޭތޯ މަސައްކަތްކުރައްވާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. އަދި ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރުން މިކަމުގައި އެހީވެދެއްވުމަށް ސަލީމް އެދިވަޑައިގެންނެވިއެވެ. މަޖިލީހުގައި މިއަދު ހުރި މަސައްކަތްތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުން އަވަސްކުރަން ގޮވާލާ ހުށަހަޅާފައިވާ މައްސަލަ ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ