މާލެ: 31°C

ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑާގަންފި

ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑާގަންފި
March 12, 2023
2 ފަހަރު ބަލާފައި
ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑާގަންފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލާ މިއަދު ހެނދުނު މާލެ ވަޑާގަންނަވައިފިއެވެ. ރައީސް ސޯލިހު މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނެވީ ގަތަރުގެ ވެރިރަށް ދޯހާއަށެވެ. އަދި ރައީސް ވަނީ ދޯހާގައި ކުރިއަށްދިޔަ އ.ދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި ވާހަކަފުޅު ދައްކަވާފައެވެ. އެ ކޮންފަރެންސް ގައި ބައިވެރިވެ ވަޑައިގެންނެވި އެހެން ގައުމުގަތުގެ އިސްވެރިންނާ އެ މަނިކުފާނު ބައްދަލުކުރެއްވި އެވެ. ކޮންފަރެންސްގެ ހަވާސާގައި އެ މަނިކުފާނު ބައްދަލުކުރެއްވި ބޭފުުޅުންނަކީ އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާއި ސޭޝެލްސްގެ ރައީސް އާއި، ފަލަސްޠީނުގެ ރައީސް އާއި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޓިމޯރ-ލެސްޓޭގެ ރައީސެވެ އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގުރޫޕުގެ ޗެއަރ އަދި މަލާވީގެ ރައީސްގެ އިތުރުން އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައި ރިޕަބްލިކް އޮފް ސާބިއާގެ ރައީސްއާ  ވެސް ރައީސް ސޯލިހު ބައްދަލުކުރެއްވި އެވެ. އެ ބައްދަލްވުން ތަކުގައި ރައީސް ވަނީ އެގައުމުތަކުގެ ދެމެދުގައި އޮތް ގާތް ކުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ދަތުރުފުޅުގައި ރައީސް ދެވަނައަށް ވަޑައިގެންނެވީ ޖަރުމަނުވިލާތަށެވެ. ޖަރުމަނަށް ވަޑައިގެން އެ ގައުމުގެ ވެރިރަށް ބަރލިންގ ގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާއަށް އެމަނިކުފާނު ޒިޔާރަތް ކުރެއްވި އެވެ. އެ ފެއާ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާއެވެ. ޖަރުމަނުގެ ރައީސާ ވެސް އެ ދަތުރުފުޅުގައި ރައީސް ސޯލިހު ބައްދަލުކުރެއްވި އެވެ. ގަރުމަނަށް ކުރެއްވި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ ވަނީ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ