ގާނޫނުން ބޭރުން އެއްވެސް ކަމެއް ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުއިއްޒު ތިލަދުންމަތީ އުތުރުބުރީގެ 10 ރަށަކަށް ކުރައވަމުންގެންދަވާ ދަތުރުފުޅުގައި އަތޮޅު ހޯރަފުށީގައި ވާހަކަ ދައްކަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ކޮންމެ ގާނޫނުއަސާސީން ލިބިދޭ ހުރިހާ ހައްގުތަކެއް ފުރިހަމަ ގޮތުގައި މި ސަރުކާރުން ފޯރުކޮށްދޭނެ ކަމަށާއި ގާނޫނުއަސާސީ ނުވަތަ ގާނޫނުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެ ކަމަށާއި، ނަމަވެސް ޤާނޫނު އަސާސީން ބޭރުން ގައުމުގައި ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ތަރަށްގީއަށް ހުރަސްއަޅުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށާއި، އެހެންކަމުން އެފަދަ ކަންކަމުގައި އެމަނިކުފާނުގެ ޒިންމާ އަދާކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
ގައުމުގައި އޮތް ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، އަޅުގަނޑުމެންގެ ތަރައްގީއަށް ހުރަސް އެޅުން، މުސްތަގުބަލަށް ހުރަސް އެޅުމަކީ އެއްވެސް މީހަކަށް އޮންނާނެ ހައްގެއް ނޫން. އެހެންވީމަ މިކަމުގައި ކުރިއަށް ދިއުމުގައި އަޅުގަނޑުގެ ޒިންމާ، އަޅުގަނޑު އަދާކުރާނަން،" ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.
އެއާއެކީގައި ދަންނަވާލަން ބޭނުން ވަނީ ގާނޫނު އަސާސީން ބޭރުން، ގާނޫނުން ބޭރުން އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތަކެއް ކުރުމަކީ އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން،" ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.
އިތުރށް ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަކީ ފަރުދީ ޒިންމާ ކަމަށާއި ގާނޫނުއަސާސީން ބޭރުން ކަންތައްތައް ކުރުމަށް ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށެވެ.







