ޤާނޫނުއަސާސީއަށް ގެނައި އިސްލާހާގުޅޭގޮތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ތާވަލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ހައިސިއްޔަތު ބަދަލުކޮށްފި ނަމަ ނުވަތަ ރައްޔިތުންގެ މަޖިޅިހަށް ކުރިމަތި ލީއިރު ހުރި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން އެދި ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތް އަންނަ މަހު ބޭއްވުމަށް ތާވަލް ކޮށްފިއެވެ.
ކެންދޫ ދާއިރާގެ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ބޭއްވުމަށް ފެބްރުއަރީ 17 އަށް ތާވަލް ކޮސްފައިވާއިރު އެ މައްސަލާގެ ތެރެއަށް އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީން ވަނީ ތަދައްހުލްވެފަ އެވެ.







