މާލެ: 31°C

ޕީއެސްއެމުން ރައީސް ސޯލިހުގެ ކެމްޕޭން ހޭޝްޓެގެއް ބޭނުންކުރުމުން ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި

January 8, 2023
2 ފަހަރު ބަލާފައި
ޕީއެސްއެމުން ރައީސް ސޯލިހުގެ ކެމްޕޭން ހޭޝްޓެގެއް ބޭނުންކުރުމުން ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި
ޕީއެސްއެމުން ރައީސް ސޯލިހުގެ ކެމްޕޭން ހޭޝްޓެގެއް ބޭނުންކުރުމުން ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި
ޕީ-އެސް-އެމް އިން ކުރި ޓުވީޓެއްގައި ރައީސް ސޯލިޙު ގެ ކެމްޕެއިންް ހޭޝް ޓެގް ބޭނުން ކުރުމުން ޓްރާންސްޕޭރަންސީ އޮފް މޯލްޑިވްސް އިން އެކަން ކުއްވެރި ކޮށްފިއެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން  ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގަ ވާގޮތުން ދައުލަތުގެ އެއްވެސް އިމާރާތެއް ނުވަތަ މުދަލެއް ނުވަތަ ވަސީލަތެއް ވަކި ސިޔާސީ ޕާޓީ އަކަށް ފައިދާއަށްޓަކައި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ނަޒާހަތްތެރިކަން ގެއްލި އަދި  މިނިވަން ކަމާއެކު ކެނޑިޑޭޓެއް އިޙްތިޔާރު ކުރުމުގެ މިނިވަން ކަމަށް ބުރޫ އަރާނެ ކަމެށް ކަމަށް ވެސް ޖަމިއްޔާއިން ބުންޏެވެ.  "އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއް ހޮވުމަށް 28 ޖެނުއަރީ 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމެރީ ގައި ވާދަކުރައްވާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ހަރަކާތްތަކާއި ގުޅިގެން ދައުލަތް ހިއްސާވާ މީޑިއާ ކުންފުނި ޕަބްލިކް ސާރވިސް މީޑިއާ ( ޕީ-އެސް-އެމް ) އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޓްވީޓްތަކުގައި ، ރައީސް ސޯލިހުގެ ކެމްޕެއިން އަށް ހިއްވަރުދޭގޮތަށް ކެމްޕެއިން ގައި ބޭނުން ކުރާ ހޭޝްޓެގް ބޭނުން ކުރުން މިޖަމިއްޔާއިން ކުށްވެރި ކުރަމެވެ"  ޓްރާންސްޕޭރަންސީގެ ބަޔާނުގައި ބުނެފައިވެއެ. މިފަދަ މައްސަލަތަކަކީ 2008 އިން ފެށިގެން ބާއްވަމުންދާ ހުރިހާ އިންތިހާބެއްގައި ވެސް ފާހަގަވަމުންދާ ކަންކަން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. އަދި، އެކަންކަން ހައްލުކުރުމަށް ގާނޫނީ އޮނިގަނޑަށް  ގެންނަން ޖެހޭ ބަދަލުތައް ގެނެސް އިދާރާތައް ޒިންމާދާރު ކުރުވުމަށް ވެސް ވަކާލާތުކުރަމުންދާ ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ. "މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ބޭއްވުނު ކޮންމެ އިންތިހާބެއްގައި ވެސް ފެނިގެން މިދަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ރައްޔިތުންގެ އިންތިހާބީ ހައްގުތަކަށް އަރައިގަނެވިގެންދާ ތަން ކަމުގައާއި މި ސަރުކާރު ވެސް އިންތިހާބުވީ ކޮރަޕްޝަނަށް އެއްވެސް ވަރެއްގެ ދޫދިނުމެއް ނުދީ ކޮރަޕްޝަން ނައްތާލުމުގެ ވައުދާ އެކު ކަމަށްވީ ނަމަވެސް އެގޮތަށް އަދި އަމަލު ކުރެވިފައި ނުވާ ކަމަށާއި،  އަދި، އިންތިހާބުވާކޮންމެ ސަރުކާރަކުން ވެސް މި ގޮވާލުންތަކަށް ބީރު ކަންފަތެއް ދީ، މިނިވަން އިންސާފުވެރި އިންތިހާބީ މާހައުލެއް ގާއިމުކުރުމަށް ކުރަންޖެހޭ  މުހިންމު މަސައްކަތްތައް ކުރަން ވަނީ ފަސްޖެހިފައި" ޓްރާންސްޕޭރެންސީން ބުނެފައިވެ އެވެ. ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން މަނާ ކުރުމަށް ގާނޫނެއް އެކުލަވާލައި ތަންފީޒު ކުރަން ފެށުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފަ އެވެ. އަދި، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވެސް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ