ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް އަމަން އަބްދުﷲ ޔާމީން އައްޔަންކުރައްވައިފި އެވެ.
އޭނާ އެމަގާމަށް އައްޔަނުކުރެއްވީ، މިމަހު 4ގައެވެ.
އަބްދުﷲ ޔާމީން މި މަގާމަށް އައްޔަން ކޮށްފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި، އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ މަތިން ނެވެ.
ޢަބްދުالله ޔާމީން އަކީ މީގެ ކުރިން ވަރަށް ގިނަ މީޑިޔާ ތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭ ޓީވީގަ އާއި ސަންގު ޓީވީގައިވެސް އޭނާ މަސައްކަތްކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނ. ވެލިދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ޔާމީން މަގަމަށް އައްޔަނުކުރެއްވީ ޕީއެސްއެމް ބޯޑުގައި ކުރިން ހުންނެވި ސ.ހުޅުދޫ، ކަޅުމަގިގެ ޢަބްދުالله ރަޝީދު މަގާމުން ވަކިކުރެއްވުމަށްފަހު އެވެ. ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ 5 މެންބަރުން ނެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިސަރުކާރުން އައްޔަނު ކުރައްވާފައިވަނީ ގދ.ގައްދޫ އަތިރީގެ، ޒީނާ ޒާހިރު އެވެ.






