ޕްރިޔަންކާއަށް އޭނާގެ ފިރިމީހާގެ މާޒީއާ މެދު ފަރުވާލެއް ނެތް

ޕްރިޔަންކާއަށް އޭނާގެ ފިރިމީހާގެ މާޒީއާ މެދު ފަރުވާލެއް ނެތް
ލިޔުން:
މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯފްރާ އޭނާގެ ފިރިމީހާ ނިކް ޖޯނަސްގެ މާޒީގައި ހިނގާފައިވާ ކަންތައްތަކާއި މެދު އެއްވެސް ފަރުވާލެއް ނެތް ކަމަށް ބުނެފިއެވެ.
އެލެކްސް ކޫޕަރ ގެ ޕޮޑްކާސްޓްއެއް ކަމަށްވާ "ކޯލް ހާރ ޑެޑީ" ގެ އެޕިސޯޑެއްގައި ވާހަކަދައްކަމުން ބަތަލާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި، ރޮކްސްޓާ ފިރިމީހާ ނިކް ޖޯނަސްއާ އެކު އޮތް ގުޅުމާއި، އޭނާގެ އަމިއްލަ މާޒީގެ ގުޅުންތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން، ކައިވެނީގެ ކުރިން ނިކްގެ ކުރީގެ ގުޅުންތަކާ މެދު ސުވާލުކުރުމުން ބަތަލާ ބުނީ އެކަމާމެދު އޭނާ ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.
"އަހަރެން ޝައުގުވެރިކަމެއް ނުދެންް ކުރިން އޭނަ ރައްޓެހިވި މީހުންނަކަށް. އަހަރެމެން މިދައްކަނީ މުސްތަގުބަލުގެ ވާހަކަ." ޕްރިޔަން ބުންޏެވެ.
ޕްރިޔަންކާ ހިއްސާކުރި ގޮތުގައި އެ ދެމަފިރިން އަލަށް ވާހަކަ ދެކެވެން ފެށުނީ ނިކް އޭނާއަށް ފުރަތަމަ މެސެޖް ކުރުމުންނެވެ. އަދި އޭނާ ވަނީ ނިކް ކުރި މެސެޖާއި އޭނާ އެއަށް ދިން ރައްދު ވެސް ހިއްސާކޮށްފައެވެ.
އުމުރުން 40 އަހަރުގެ ބަތަލާ ހިއްސާކުރި ގޮތުގައި ނިކްގެ ފުރަތަމަ ޑީއެމް އަކީ " އަހަރެން ކައިރި ބުނެފައިއޮތީ އަހަރެމެން ބައްދަލުވާން ޖެހޭނެ ކަމަށް." ބަތަލާ ބުންޏެވެ.
ޕްރިޔަންކާ ބުނި ގޮތުގައި އޭނާ އެވަގުތު ހުރީ ހޮޓަލެއްގެ ކޮޓަރިއެއްގައި އިށީނދެގެންނެވެ. އޭނާ ބުނީ މެސެޖް ލިބުމާއިއެކު ނިކް އަކީ ކާކުކަން އިތުރަށް ހޯދުމަށް ގޫގުލްގައި ޖެހުމުން، ފުރަތަމަ ވެސް ފެނުނީ ނިކްގެ މިއުޒިކް ވީޑިއޯއެއް ކަމަށްވާ "ކްލޯޒް" ކިޔާ ލަވައެއް ކަމަށެވެ. "ވީޑިއޯ ބެލުމަށްފަހު ވަގުތުން ފޯން ނަންބަރު ފޮނުވާލީ" ޕްރިޔަންކާ ބުންޏެވެ.
މީގެ ކުރިން ނިކް ޖޯނަސް ވަނީ ސެލީނާ ގޯމޭޒް އާއި އޮލިވިއާ ކަލްޕޯ ފަދަ ތަރިންނާ ލޯބީގެ ގޮތުން ގުޅުމެއް ބާއްވާފައެވެ.
ޕްރިޔަންކާ އާއި ނިކް ފުރަތަމަ ދިމާވީ 2017 ވަނަ އަހަރު އެމެރިކާގެ ނިއު ޔޯކްގައި އޮތް މެޓް ގާލާއިންނެވެ. އެއީ ޕްރިޔަންކާގެ ފުރަތަމަ މެޓް ގާލާ ކަމަށް ވެސް ވެއެވެ. ދެ ތަރިން ކައިވެނި ކުރިތާ 4 އަހަރު ވެފައިވާއިރު، މިހާރު ވަނީ ދެމަފިރިންނަށް ސަރޮގެސީ މެދުވެރިކޮށް އަންހެން ދަރިއަކު ލިބިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
