މާލެ: 31°C

ޕްރައިވެޓް އިންޝުއަރެންސާއެކު އަލުން އާސަންދަ ދޭން ފަށައިފި

March 20, 2025
335 ފަހަރު ބަލާފައި
ޕްރައިވެޓް އިންޝުއަރެންސާއެކު އަލުން އާސަންދަ ދޭން ފަށައިފި
ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އެ އިންޝުއަރެންސްއަށް ކެނޑުމަށްފަހު އާސަންދަ ސްކީމުން ހިދުމަތް ލިބޭ ގޮތަށް މީގެކުރިން ނިންމި ނިންމުން ބަދަލުކޮށް، ޕްރައިވެޓް އިންޝުއަރެންސް އާއެކު އާސަންދަ ލިބޭ ގޮތަށް އަލުން ހަމަޖައްސައިފި އެވެ.

ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އެ އިންޝުއަރެންސްއަށް ކެނޑުމަށްފަހު އާސަންދަ ސްކީމުން ހިދުމަތް ލިބޭ ގޮތަށް މީގެކުރިން ނިންމި ނިންމުން ބަދަލުކޮށް، ޕްރައިވެޓް އިންޝުއަރެންސް އާއެކު އާސަންދަ ލިބޭ ގޮތަށް އަލުން ހަމަޖައްސައިފި އެވެ.

"އާސަންދަ ސްކީމް" ގެ ރިފޯމް މަސައްކަތްތަކުގެ ތެރެއިން "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތަކަށް ބިލް ކުރުމުގައި ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދިނުމަށް ނިންމައި އަމަލުކުރަން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އެގޮތުން އެ މަހުން ފެށިގެން ސަރުކާރު އަދި އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ފުރަތަމަ ބިލު ކުރަމުން އައީ އެ އިންޝުއަރެންސަށެވެ.

އެހެންނަމަވެސް އެ ފަރާތްތަކުގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ އެ އިންޝުއަރެންސުން އެ ހިދުމަތެއް ކަަވަރު ނުކުރާ ނަމަ، އެ ފަރާތަކަށް އާސަންދައިން އެ ހިދުމަތަކަށް ކަވަރޭޖް ލިބޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އޭރު ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އެންސްޕާއިން ބުނެފައި ވަނީ ބަދަލު ގެނައީ އާސަންދަ ސްކީމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އާސަންދަ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތައް ފުރަތަމަ ޕްރައިވެޓް އިންޝުއަރެންސް ބޭނުންކުރުމާ އެކު، އާސަންދަ ސްކީމުން އެ ހިދުމަތަކަށް ކަނޑައަޅާފައިވާ އަދަދު ވެސް އެކުއެކީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އާސަންދައިގެ ނިޒާމުތަކަށާއި އިންޓަގްރޭޓް ކޮށްގެން ހިދުމަތްދޭ އަމިއްލަ މަރުކަޒުތަކުގެ ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އާސަންދައިން ބުނި ގޮތުގައި މި އުސޫލުން އިއްޔެއިން ފެށިގެން ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމުގަ އެވެ. ގެނެވުނު ބަދަލާ އެކު ޑޮކްޓަރަށް ދެއްކުމަށް ނަގާ ކޮންސަލްޓޭޝަން ފީ އުސޫލާ އެއްގޮތަށް ތަންފީޒު ކުރެވޭނެ ކަމުގަ އެވެ. އަދި "އައުޓް-ޕޭޝަންޓް" އެހެނިހެން ހިދުމަތްތަަކަށް މި އުސޫލުން އަމަލުކުރަން ފަށާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް އާސަންދައިން ފާހަގަކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ