މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޕްރިޒަން ޕްރައިވެޓްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގެޒްޓުގައި ކޮށްފައިވާ އިޢުލާނުގައި ނބުނެފައިވަނީ ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް ޖަލުތަކުގައި މަސައްކަތްކުރުމަށް ޓަކައި އެ ސާވިސްއިން އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވާ ޝަރުތައް ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު 2025 ފެބްރުއަރީ 16 ވާ އާދިއްތަ ދުވަހު 15:00 ގެ ނިޔަލަށް humanresource.mcs@gmail.com އަށް އީމެއިލް ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ރޭޑިއޯ ބިލްޑިންގ)ގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުމަށެވެ.
އެސާވިސް އިން ކޮށްފައިވާ އިޢުލާނުގައި (Gazette) ބުނެފައިވާ މައިގަނޑު ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 18-35 އަހަރާ ދެމެދުގެ މީހެއް ކަމުގައި ވުމާއި، ސާނަވީ އިމްތިހާނަކުން މަދުވެގެން 2 މާއްދާއިން ދައްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ދިވެއްސާއި އިސްލާމް މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން ނުވަތަ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން އެވެ.
އެ ވަޒީފާ ގެ މުސާރައާއި އިނާޔަތް ތަކުގެ ގޮތުގައި ބުނެފައިވަނީ މުސާރަ އަކީ މަހަކު 6،050 ރުފިޔާ ކަމަށާއި، އަދި ސާވިސް އެލަވަންސް ގެ ގޮތުގައި މަހަކު 3،500 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 2500 ރުފިޔާ ލިބޭނެ ކަމަށެވެ. ވަޒީފާއަށް ކުރިމަތިލިުމާ ގުޅޭގޮތުން އިތުރު މައުލޫމާތު 3026114 އިން މި ނަމްބަރަށް 9112451 ވައިބާކޮށްގެން ލިބިލައްވާނެކަމަށްވެސް އެ ސާވިސްގެ އިއުލާނުގައި ބުނެފައުވެއެވެ.







