
ޕްރައިމަރީ ހެލްތު ކެއާގެ އަޖުމަ ބެލުން ފ. އަތޮޅުގައި
ޕްރައިމަރީ ހެލްތު ކެއާގެ އަޖުމަ ބެލުން ފ. އަތޮޅުގައި
ލިޔުން:
ރާއްޖޭގައި ކުރިން ވަރަށް ކާމިޔާބުކަމާ އެކު ދިން ހިދުމަތެއްކަަމަށްވާ ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް އަލުން ދިރުވައި އާލާކުރުމަށް ޓަކައި، އެ ހިދުމަތް ކުރިއަށް ގެންދެވޭނެ ގޮތް ބަލައި ނަތީޖާ ވަޒަންކުރާ ސަރަހައްދަކީ ފ. އަތޮޅު ކަމަށް ހެލްތު މިނިސްޓްރީން ކަނޑައަޅައިފި އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ބުނީ ޕްރައިމަރީ ހެލްތު ކެއާ ދިރުވައި އާލާކުރަން "ޑެމޮންސްޓްރޭޝަން ސައިޓް" އެއް ގޮތުގައި ފ. އަތޮޅު ކަނޑައެޅީ އެކަމަށް ޓަކައި އެއަތޮޅުގައި ކުރިއަށް ގެންދިޔަ އެސެސްމެންޓަކަށް ފަހުގައި ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ މާހިރުންގެ އެހީތެރިކަމާ އެކު ހެދި އެސެސްމަންޓަށް ފަހު ޕްރައިމަރީ ހެލްތުކެއާ ދިރުވައި އާލާކުރުމުގެ މަޝްރޫއެއް ފ. އަތޮޅުގައި ކުރިއަށް ގެންދަން ނިންމައި އެ މަޝްރޫއު ތައާރަފްކުރީ، ޑަބްލިއުއެޗްއޯގެ ދެކުނުއިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލްގެ ޝަރުފުގައި ހެލްތު މިނިސްްޓްރީން އިއްޔެ ބޭއްވި ހާއްސަ ފަރީއްކޮޅެއްގަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ އިއްޔެ ތައާރަފްކުރި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރަޢިއްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުވެގެން ދާނެކަމަށެވެ. އެ މަޝްރޫރުގެ ދަށުން ޕްރައިމަރީ ހެލްތުކެއާ ގެ ލަންޑުދަނޑިތައް ހާސިލުކުރުމަށް، ރަށު ފެންވަރުގައި މަސައްކަތްކުރާ ސިއްހީ ދުމަތްތެރިން މަސައްކަތް ކުރާނީ އެއް ޓީމެއްގެ ގޮތުގައި ޖަމިއްޔާ ޖަމާއަތްތަކާ ވެސް ގުޅިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"ޢާއިލާތަކަށް ޒިޔާރަތްކޮށް ސިއްހީ ހިދުމަތްތެރިންނާއި ގާތްގުޅުމެއް އުފެދި ރައްޔިތުންގެ ސިއްހީ މައްސަލަތަށް ހިއްސާ ކުރެވި ދުރާލާދެނެގަނެވި، ސިއްހީމައްސަލަތަކަށް އިރުޝާދުދީ، ރައްޔިތުންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާޢި ދުޅަހެޔޮކަން ދެމެހެއްޓެނިވިގޮތެއްގައި ކަށަވަރުވެގެން ދިއުމަކީ، މި މަޝްރޫޢުގެ ދިގުމުއްދަތުގެ އަމާޒެވެ.ރާއްޖޭގައި ގައިން ގަޔަށްނާރާ ބަލިތައް އިތުރުވުމާއި، އެންމެ ގިނައިން މީހުން މަރުވާން ދިމާވަނީ ހިތުގެ ބަލިތަކުގެ ސަބަބުންކަމަށެވެ. މީގެ ތެރޭގައި، ސްޓްރޯކް، ކެންސަރު، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދިގު މުއްދަތުގެ ބަލިތަކުގެ ސަބަބުން މީހުން މަރުވާ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ،" ޕްރައިމަރީ ހެލްތުކެއާ ދިރުވައި އާލާކުުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން އިއްޔެ މީޑިއާ ތަކާ ހިއްސާކުރި މައުލޫމާތު ކަރުދާގައި ބުންޏެވެ.
ގައިން ގަޔަށް ނާރާ ބަލިތަކާއި ނަފްސާނީ ބައެއް ބަލިތަކާއި، އުމުރުދުވަހަށް ފަރުވާ ކުރަންޖެހޭ އަދި ނުކުޅެދުންތެރިކަން ތަޙައްމަލުކުރަންޖެހޭ ބަލިތަކަށްވާއިރު ދުރާލާ ދެނެގަނެ ފަރުވާ ހޯދައިފިނަމަ މީގެ ތެރެއިން ގިނަ ބަލިތަކަކީ ރައްކާތެރިވެވިދާނެ ބަލިތަކެއްކަމަށާއި، މި ބަލިތަކަށް ފަރުވާދިނުމަށް ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ހަރުދަނާކުރުމަކީ ދުޅަހެޔޮ އާބާދީއެއް ބިނާކޮށް ދެމެހެއްޓުމުގެ މުހިއްމު އެއް ތަނބުކަމަށްވެސް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
