މާލެ: 31°C
ޕްރައިމަރީއަކާ ނުލާ އެމްޑީޕީގެ ޓިކެޓް އިތުރު 10 ބޭފުޅަކަށް ކަށަވަރުވެއްޖެ

ޕްރައިމަރީއަކާ ނުލާ އެމްޑީޕީގެ ޓިކެޓް އިތުރު 10 ބޭފުޅަކަށް ކަށަވަރުވެއްޖެ

January 16, 2024
3 ފަހަރު ބަލާފައި
ޕްރައިމަރީއަކާ ނުލާ އެމްޑީޕީގެ ޓިކެޓް އިތުރު 10 ބޭފުޅަކަށް ކަށަވަރުވެއްޖެ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވާ އިތުރު 10 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެއްޖެއެވެ. އެމްޑީޕީން މީގެ ކުރިންވެސް ވަނީ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވާ 35 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާ ކަމަށް އިއުލާންކޮށްފައެވެ. އަދި އެ ޕާޓިން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓް ކަށަވަރުކުރި އިތުރު 10 ބޭފުޅުންގެ މައުލޫމާތު ހާމަކޮށްފައެވެ. ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާ 10 ބޭފުޅުން:
  • އަމީން ފައިސަލް - ކަނޑިތީމު ދާއިރާ
  • ސަލީމް ހުސައިން - އިނގުރައިދޫ ދާއިރާ
  • އަލީ ނިޔާޒް - ކުރެންދޫ ދާއިރާ
  • ޝާތިރު އަބްދުއްރަހްމާން - ހުރާ ދާއިރާ
  • ރުގިއްޔާ މުހައްމަދު - ދަނގެތި ދާއިރާ
  • މޫސާ ޝިޔާމް އަބްދުއްރަހްމާން - މުލަކު ދާއިރާ
  • އަބްދުﷲ ޝަރީފް - ގަމު ދާއިރާ
  • އަހްމަދު ސައީދު - ގެމަނަފުށީ ދާއިރާ
  • އަހްމަދު ސައީދު މުހައްމަދު - ގައްދޫ ދާއިރާ
  • އިބްރާހިމް މުއިއްޒު - ހެންވޭރު އުތުރު ދާއިރާ
މަޖިލީހުގެ 20 ވަނަ ދައުރުގައި ޖުމްލަ މެމްބަރުންގެ އަދަދު 93 އަށް އަރާއިރު، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 45 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވުމާ ގުޅިގެން އެމްޑީޕީގެ ޕްރައިމަރީ ދެން ބާއްވާނީ 33 ދާއިރާއެއްގެ ޓިކެޓް ލިބޭ ބޭފުޅުން ކަނޑައެޅުމަށެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ