ޕްރައިމަރީއާ ގުޅޭ ހަތަރު ޝަކުވާއެއް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅައިފި

ޕްރައިމަރީއާ ގުޅޭ ހަތަރު ޝަކުވާއެއް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅައިފި
ލިޔުން:
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައަޅަން މިމަހު ފަހުކޮޅު ބާއްވާ ޕްރައިމަރީއާ ގުޅޭ ހަތަރު ޝަކުވާއެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީގެ އިދާރާއަށް ހުށަހަޅައިފި އެވެ.
ނަޝީދުގެ ކެމްޕޭނުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ފުރަތަމަ މައްސަލައަކީ އެމްޑީޕީގެ 39،000 އަށް ވުރެ ގިނަ މެމްބަރުން އުނިކޮށްފައި ވުމެވެ. ނަޝީދުގެ ކެމްޕޭނުން ތުހުމަތުކޮށްފައިވާ ގޮތުގައި ވަކިކުރި މެމްބަރުންނަކީ އެމަނިކުފާނަށް ވޯޓު ދިނުން އެންމެ ގާތް މެމްބަރުންނެވެ.
"...މިއީ ރައީސް ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެމްބަރުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ހީލަތްތެރި އަމަލެކެވެ،" ނަޝީދު ކެމްޕޭނުގެ ބަޔާނުގައި ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފުތަރާއި އެ ޕާޓީގެ އެތެރޭގެ ދަފުތަރު އެއްގޮތް ކުރަން އެޕާޓީގެ ދަފުތަރުން ނަންތައް އުނިކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމަކުން އެގޮތަށް ނިންމައިގެން، މިދިޔަ އަހަރު އެވެ. އެ ނަންތަން އުނިކުރުމަށް ފަހު އެޕާޓީން އޭރު އެދުނީ އެކަމުގެ ތެރޭގައި މެމްބަޝިޕް ގެއްލުނު މީހަކު ނަމަ އަލުން ފޯމު ފުރުމަށެވެ.
ޕްރައިމަރީއާ ގުޅޭ ގޮތުން ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި ދެވަނަ މައްސަލައަކީ އިންތިހާބާ ބެހޭ ކޮމިޓީން ކުރަން ޖެހޭ ބައެއް މަސައްކަތްތައް އެ ކޮމިޓީ އެކުލަވައިލުމުގެ ކުރިން "ކޮންމެވެސް އެހެން ފަރާތަކުން ކޮށް ޕާޓީން އެކަން އިއުލާނުކޮށް ، ކުރިއަށް ގެންދިޔަ " ކަމަށް ބުނެ ހުށަހެޅި މައްސަލަ އެކެވެ.
ތިން ވަނަ މައްސަލައަކީ ޕްރައިމަރީގައި ވާދަކުރުމަށް ތާއީދު ހޯދަން ފުރަން ޖެހޭ ފޯމު، އިންތިހާބު އިއުލާނުކުރުމުގެ މާކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފަރާތްތަކަށް ލިބި އެ ފޯމުތައް ފުރަމުން ގެންދިއުން ކަމަށާއި އެގޮތަށް ފޯމް ފުރުމަށް ފަހު ސޯޝަލް މީޑިއާގައި އެކަން ހާމަކުރުމުން ފިޔަވަޅު އަޅާފައި ނުވުން ކަމަށް ނަޝީދުގެ ކެމްޕޭނުން ބުންޏެވެ.
އެންމެ ފަހު މައްސަލަ އަކީ ޕްރައިމަރީގައި ވޯޓު ލެވޭނީ އިލެކްޝަންސް ކޮމިޝަނުގައިވާ އެމްޑީޕީގެ ދަފުތަރުގައި ނަން އޮތް ފަރާތްތައް ކަމަށް ކަނޑަ އެޅުމަށް ފަހު އެ ދަފުތަރުގައި ނަން ނެތް 457 މީހެއް ޕްރައިމަރީގެ ވޯޓާސް ލިސްޓްގައި ހިމެނުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
