މާލެ: 31°C

އަންހެނުންގެ ޕްރެކްޓިސް ޕާލަމެންޓްގައި ބައިވެރިވުމުގެ މުއްދަތު މިރޭ ހަމަވަނީ

January 24, 2023
2 ފަހަރު ބަލާފައި
އަންހެނުންގެ ޕްރެކްޓިސް ޕާލަމެންޓްގައި ބައިވެރިވުމުގެ މުއްދަތު މިރޭ ހަމަވަނީ
އަންހެނުންގެ ޕްރެކްޓިސް ޕާލަމެންޓްގައި ބައިވެރިވުމުގެ މުއްދަތު މިރޭ ހަމަވަނީ
ކޮންމެ އަހަރަކުވެސް ބާއްވާ ޕްރެކްޓިސް ޕާލްމެންޓް ފޯރ ވިމެންގެ ދެވަނަ ބުރުގައި ބައިވެރި ވުމުގެ ފުރުސަތު މިރޭ ހަމަވާތީ، ރައްޔިތުންގެ މަޖިލީހުން އެކަން ހަނދާންކޮށްދީފި އެވެ. ރައްޔޮތުންގެ މަޖިލީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އަންހެނުންގެ ޕްރެކްޓިސް ޕާލަމެންޓްގައި ބައިވެރިވުމުގެ މުހުލަތު މިރޭ 11:00 އާ ހަމައަށް އެބަ އޮތް ކަމަށާއި ބައިވެރިވާން އެދޭ ފަރާތްތަކުން މެެސެޖްކުރަން އެދޭ ކަމަށެވެ. ފުރިހަމަ ނަން، އައިޑީކާޑް ނަމްބަރު، ޖަހާފައި 9397651 އަށް މެސެޖެއް ކޮށްލުމުން އެ ހަރަކާތުގައި ބައިވެރިވެވޭނެ އެވެ. މަޖިލީހުން ކުރިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އަންހެނުން ޑިމޮކްރެޓިކް މަރުހަލާރަކުގައި އަހުލުވެރި ކުރުވަން ކުރިއަށް ގެންދާ އެ ޕްރުގުރާމަކީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އަދި ޔޫއެންޑީޕީއާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އަންހެނުންގެ ޕްރެކްޓިސް ޕާލަމެންޓްގައި ބައިވެރިވުމުގެ ޝަރުތުތައް

  • ދިވެހި އަންހެނަކަށްވުން
  • ރާއްޖޭގައި ދިރިއުޅޭ ފަރާތަކަށްވުން
  • އުމުރުން 25 އަހަރުން މަތީގެ މީހަކަށްވުން
  • އިވެންޓްގެ ހުރިހާ ދުވަހެއްގެ ހުރިހާ ސެޝަނެއްގައި ބައިވެރިވެވުން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް އެ ހަރަކާތުގައި ބައިވެރިވެވޭނެ އެވެ. " ޕްރެކްޓްސް ޕާލަމެންޓް ފޯރ ވިމެން" ހަރަކާތް މަޖިލީހުން މިދިޔަ ދެ އަހަރު ވެސް ކުރިއަށް ގެންދިޔަ އެވެ. އެހަރަކާތުގައި މިދިޔަ ދެ އަހަރު 116 އަންހެނުންނާއި ހާއްސައެހީއަށް ބޭނުންވާ 21 ފަރާތަކުން ބައިވެރިވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ