
"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން" ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން" ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
ލިޔުން:
"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފި އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ވަނީ މި މަހުގެ 27 އާ ހަމައަށް ހުޅުވާލެވިފައެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި އޮސްޓްރޭލިއަން އެއިޑާއި ސޯޝަލް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 25 އަހަރުން މަތީގެ އަންހެނުންނަށެވެ.
https://twitter.com/UNDPMaldives/status/1749746348029882556
އަންނަ މަހުގެ 18 އިން ފެށިގެން 24 އަށް މާލޭގައި ބާއްވަން ހަމަޖެހިފައިވާ މި ޕްރޮގުރާމުގައި ބައިވެރިން ހޮވާނީ ބެޗްތަކަކަށް ބަހާލައިގެން ކަމަށް ޔޫއެންޑިޕީން ބުނެފައިވެއެވެ. އެގޮތުން ކޮންމެ ބެޗަކުން 40 މީހަކަށް ފުރުސަތު ދޭނެ ކަމަށާއި ޕްރޮގްރާމަށް ބައިވެރިން ހޮވާއިރު، ސިޔާސީ ޕާޓީތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެންޖީއޯތަކުގައި ހަރަކާތްތެރިވެފައިވާ މިންވަރަށް ބަލާނެ ކަމަށް ވެސް ބުނެފައިވެއެވެ.
"ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން" އަކީ 2021 ގައި ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
