މާލެ: 31°C
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މާދަމާ

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މާދަމާ

January 26, 2024
3 ފަހަރު ބަލާފައި
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މާދަމާ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށޭނީ މާދަމާ ހެނދުނު 10:00 ގައި ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. މި އިންތިހާބުގައި ގައި 71،597 މީހުންނަށް ވޯޓު ލެވޭނެ ކަމަށާއި ވޯޓުލުމަށް 227 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ކޯލިޝަނުންބުންޏެވެ. ޕީޕީއެމް/ޕީއެންސީން ބުނީ އެ ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 10އަކުން ހަވީރު 5 ޖެހުމާއި ހަމައަށް ކަމަށެވެ. ވޯޓުލުން ކުރިއަށްދާނީ މާލޭގައިނަމަ، ހެންވޭރު ދަނޑާއި، ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލުގައި ކަމަށް އެ ކޯލިޝަނުން ބުންޏެވެ. އަދި ވިލިމާލެ ޔޫތު ސެންޓަރާއި، ހުޅުމާލެ ކާމިލްދީދީ ސްކޫލާއި، ރެހެންދި ސްކޫލްގައިވެސް ވޯޓުލުން ކުރިއަށްދާނެއެވެ. ހެންވޭރު ދަނޑުގައި ހުންނާނީ އަތޮޅުތަކުގެ ފޮށިތަކެވެ. އަތޮޅުތަކުގައި ވޯޓުލުން ކުރިއަށްދާނީ، އެ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާ ހާއްސަ ތަނެއްގައިކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ. ޕީޕީއެމް/ޕީއެންސީން ބުނީ، ވޯޓުލުން ނިމުމުން ކޮންމެ ފޮށްޓެއްކައިރީގައިވެސް ވަގުތީ ނަތީޖާ އިއުލާންކުރާނެކަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާންކުރާނެކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ. މާޗް މަހު އޮންނަ މަޖިލީހުގެ އިންތިހާބުގެ 93 ދާއިރާގެ ތެރެއިން 90 ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީން ވާދަކުރުމަށް ވަނީ ނިންމާފައެވެ. 3 ދާއިރާއަކަށް އެ ކޯލިޝަނުން ވާދަނުކުރާނެއެވެ. އެ 3 ދާއިރާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވާދަކުރައްވާ މާމިިގިލި ދާއިރާއާއި، އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހާއްމަދު ވާދަކުރައްވާ ދ. މީދޫ ދާއިރާއެވެ. ޕީޕީއެމް/ ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ފޯމު ހުށައެޅުއްވި 13 ބޭފުޅަކަށް ޕްރައިމަރީއާ ނުލައި ޓިކެޓު ވަނީ ކަށަވަރުވެފައެވެ. މިފަހަރުގެ ޕްރައިމަރީގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި 32 އަންހެން ކެންޑިޑޭޓުން ހިމެނެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ