މާލެ: 31°C

ޕީޕީއެމް މީހުން ވަރަށް ހެޔޮ، ސައިވެސްދޭ، ޔާމީނަކީ ގާބިލު ބޭފުޅެއް: ނަޝީދު

January 16, 2023
2 ފަހަރު ބަލާފައި
ޕީޕީއެމް މީހުން ވަރަށް ހެޔޮ، ސައިވެސްދޭ، ޔާމީނަކީ ގާބިލު ބޭފުޅެއް: ނަޝީދު
ޕީޕީއެމް މީހުން ވަރަށް ހެޔޮ، ސައިވެސްދޭ، ޔާމީނަކީ ގާބިލު ބޭފުޅެއް: ނަޝީދު
އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނާ އެކު ވަރަށް ރަނގަޅު ގުޅުމެއް އެބަ އޮތް ކަމަށާއި އޮތް ހަމަ އެކަނި ހިޔާލުތަފާތުވުމަކީ އަވަށްޓެރި އިންޑިއާއާ ދެކޮޅަށް އެޕާޓީން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރެއްވުމަށް ފަހު މާލެއަށް ވަޑައިގެން މިއަދު ބޭއްވެވި މީޑިއާ ބްރީފިން ގައި ނަޝީދު ވިދާޅުވީ ވަރަށް ގިނަ ރަށްރަށުން ޕީޕީއެމް މެމްބަރުންނާ ބައްދަލުވި ކަމަށާއި އެމީހުން ވަރަށް ހިނިތުންވުމާ އެކު ވާހަކަދައްކާ ކަމަށެވެ. އެޕާޓީގެ ވިސްނުމާއި އެމަނިކުފާނުގެ ވިސްނުން ފުށު އަރަނީ އެންމެ މައްސަލައެއްގައި ކަަމަށާއި އެއީ "އިންޑިއާ އައުޓް ހަރަކާތް" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "ވަރަށް ގިނަ ރަށްރަުށުން ޕީޕީއެމްގެ ބޭފުޅުންނާ އަޅުގަނޑާ ދިމާވޭ. އަދި އެމީހުން ހިނިތުންވުމާ އެކީގައި އަޅުގަނޑާ ވާހަކަދައްކާ ވެސް ހަދާ. އަދި އޭގެ ގިނަ ގޭގެއިން ސައިތަށްޓެއް ވެސް ދީވެސް ހަދާ. އެހެންވީމާ އަޅުގަނޑަށް ފެންނަތަނުގައި ފުށުއަރާ މިއޮންނަނީ އެންމެ މައްސަލައެއް،" ނަޝީދު ވިދާޅުވި އެވެ. [embed]https://minivan.mv/77842/[/embed] ޕީޕީއެމްއާ އެމަނިކުފާނާ ހިޔާލުތަފާތުވާ މައްސަލަ ކަމަށްވާ "އިންޑިއާ އައުޓް" ހަރަކާތުގެ މައްސަަލައަށް އެޕާޓީން ހައްލެއް ގެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ، އެޕާޓީގެ ލީޑަރު، އަދި ކުރީގެ ރައީސް ޔާމީނަށް ނަޝީދު މިއަދު ވަރަށް ތައުރީފުވެސް ކުރެއްވި އެވެ. ފުށުއަރާ މައްސަލަ ހައްލުކުރައްވަން ރައީސް ޔާމީނު ފުންކޮށް ވިސްނަވަން އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅވި އެވެ. "ދެން އަޅުގަނޑު ވެސް ދެކެނީ ރައީސް ޔާމީނަކީ އިންޓެލެކްޗުއަލް ބޭފުޅެއް، އެކަޑަމިކް ބޭފުޅެއް، ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަންއެއް ހުރި ބޭފުޅެއް." ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާރުގެ ރައީސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މެދު އެގޮތަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ޕީޕީއެެމްގެ މެމްބަރުންގެ ގޭގޭން ނަޝީދަށް ސައިފޮދު އަރުވާ ކަަމަށް އެމަނިކފާނު މިއަދު ވިދާޅުވި އިރު، ޕީޕީއެމުން އެމަނިކުފާނަށް ކެމްޕޭންކުރާ ކަމަށް ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕުން އެޕާޓީގެ ހަރަކާތްތެރިން ނަޝީދުގެ ކެމްޕޭނަށް ފޮނުވާ ކަމަށެވެ. އެކަން އެގޮތަށް ކުރަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިކޮށްލުމުގެ ރޭވުމެއްގެ ދަށުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. "ޕީޕީއެމްގެ އިސް ލީޑަޝިޕުން ޕީޕީއެމްކުދިން މުހައްމަދު ނަޝީދުގެ އިވެންޓްތަކަށް ފޮނުވައި، ކެމްޕޭން ކޮށްދެނީ އެމްޑީޕީ ރިޔާސީ އިންތިހާބުގައި ބަލިކޮށްލުމުގެ ރޭވުމުގެ ދަށުން. އެމްޑީޕީ މެމްބަރުން ސަމާލުވާން ޖެހޭ،" ޝަރީފި ވިދާޅުވި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެބޭފުޅުން ގެންދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެއާ އެކު އެ ދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުން ވެސް އަންނަނީ އެކަމުގައި ބައިވެރިވަމުންނެވެ. ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން "މުޅިން އެހެން ޕާޓީއެއް" އުފެއްދުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ