މާލެ: 31°C
ޕީޕީއެމް އިން ރޭ ބޭއްވި މުޒާހަރާ އިން 14 މީހުން ހައްޔަރުކޮށްފި

ޕީޕީއެމް އިން ރޭ ބޭއްވި މުޒާހަރާ އިން 14 މީހުން ހައްޔަރުކޮށްފި

July 20, 2023
2 ފަހަރު ބަލާފައި
ޕީޕީއެމް އިން ރޭ ބޭއްވި މުޒާހަރާ އިން 14 މީހުން ހައްޔަރުކޮށްފި

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން 14 މީހަކު ހައްޔަރުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މާލޭގައި ބާއްވަމުންދާ މުޒާހަަރާގެ ތެރެއިން ފުލުހުން ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި ތިން އަންހެނުންނެވެ. އެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ނިންމި ގޮތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ވ. އާރަށުގެ މައްސަލައިގައި ހިމެނޭ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއި ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއްވާފައިވަނީ "ހަރާމު ހުކުމެއް" ކަމަށް ބުނެ ޔާމީން މިނިވަންކުރުމަށް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ. އަދި މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވެސް އެޕާޓީގެ މެންބަރުން ބުނަމުން ދަނީ ރައީސް ޔާމީން އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ