ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އިމްރާން އިސްވެ ހުންނަވައިގެން އެކި ގޮތްގޮތުން ޔާމީނަށް "ދުއްތުރާ ކުރުމަށް" މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން ޖަލުގައި ހުންނަވާ ތަކުގައި ފާހަނާއަށް ދަންދެން ކެމެރާ ހަރުކޮށް ޔާމީނު އުޅުއްވާ ހުރިހާ ގޮތެއް އިމްރާން ބައްލަވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރިއެވެ.
އެ ތުހުމަތުތަކަށް ރައްދުދެއްވައި މިއަދު ހެނދުނު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނުގެ އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރައްވާކަމުގައެވެ. [embed]https://twitter.com/ShimranAb/status/1653241404381077509[/embed] އަދި އިމްރާން ވިދަޅުވީ ރައީސް ޔާމީނަށް ޖަލުން ގިނަ ހިދުމަތްތަކެއް ލިބިވަޑައިގަންނަވާކަމުގައެވެ. " ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ގައިދީ އަކަށް ވާނީ ރައީސް ޔާމީން ކަން އެމްސީއެސް ގެ އޮފިޝަލުންނަށް އެނގިވަޑައިގަންނަވާނެ" އިމްރާން ވިދާޅުވިއެވެ. ރޭ އިދިކޮޅު ކޯލިޝަނުން ހޯމް މިނިސްތަރު އިމްރާނާއާއި ބެހޭގޮތުން ތުހުމަތުތަކެއް ކުރި އިރު، ޕީޕީއެމްގެ ޓިކެޓު ޔާމީން ފިޔަވައި އެއްވެސް މީހަކަށް ނުދޭނެ ކަމުގެ ޔަގީންކަން ވެސް ޕީޕީއެމް އިން ދިނެވެ.
ޕީޕީއެމްގެ ތުހުމަތު، އިމްރާން ދޮގުކުރައްވައިފި
ޕީޕީއެމްގެ ތުހުމަތު، އިމްރާން ދޮގުކުރައްވައިފި
ލިޔުން:
ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަވާ އިދިކޮޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް އެކި ގޮތްގޮތުން އަނިޔާދޭ ކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާންގެ މައްޗަށް ރޭ އިދިކޮޅުން ޕީޕީއެމް އިން ކުރި ތުހުމަތުތައް، އިމްރާނު ދޮގުރުކައްވައިފިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
