
ޕީޕީއެމުން ނަޝީދަށް ކެމްޕޭންކޮށްދޭކަމުގެ ތުހުމަތެއް!
ޕީޕީއެމުން ނަޝީދަށް ކެމްޕޭންކޮށްދޭކަމުގެ ތުހުމަތެއް!
ލިޔުން:
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕޭނަށް އިދިކޮޅު ޕީޕީއެމްގެ ލީޑަޝިޕުން އެހީތެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު މިއަދު ތުހުމަތުކުރައްވައިފި އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޝަރީފު ތުހުމަތުކުރެއްވި ގޮތުގައި ޕީޕީއެމްގެ ލީޑަޝިޕުން ގެންދަނީ އެޕާޓީގެ ހަރަކާތްތެެރިން ނަޝީދުގެ ކެމްޕޭން އިވެންޓްތަކަށް ފޮނުވަމުންނެވެ. އެކަން އެގޮތަށް ކުރަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިކޮށްލުމުގެ ރޭވުމެއްގެ ދަށުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
"ޕީޕީއެމްގެ އިސް ލީޑަޝިޕުން ޕީޕީއެމްކުދިން މުހައްމަދު ނަޝީދުގެ އިވެންޓްތަކަށް ފޮނުވައި، ކެމްޕޭން ކޮށްދެނީ އެމްޑީޕީ ރިޔާސީ އިންތިހާބުގައި ބަލިކޮށްލުމުގެ ރޭވުމުގެ ދަށުން. އެމްޑީޕީ މެމްބަރުން ސަމާލުވާން ޖެހޭ،" ޝަރީފި ވިދާޅުވި އެވެ.
[embed]https://twitter.com/AdduShareef/status/1614096556193349633?s=20&t=rmvHJXh8EqLtCmXVexbKiQ[/embed]
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެބޭފުޅުން ގެންދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެއާ އެކު އެ ދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުން ވެސް އަންނަނީ އެކަމުގައި ބައިވެރިވަމުންނެވެ.
ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން "މުޅިން އެހެން ޕާޓީއެއް" އުފެއްދުމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
