
ރައީސް ޔާމީންގެ ކުރީގެ ލީގަލްޓީމްގެ މެމްބަރު ޝަޒީމް، އަދީބުގެ އެމްޓީޑީއަށް ސޮއިކޮށްފި
ރައީސް ޔާމީންގެ ކުރީގެ ލީގަލްޓީމްގެ މެމްބަރު ޝަޒީމް، އަދީބުގެ އެމްޓީޑީއަށް ސޮއިކޮށްފި
ލިޔުން:
ރައީސް ޔާމީނާއި ޕީޕީއެމްގެ ކުރީގެ ލީގަލްޓީމްގައި ހިމެނިވަޑައިގަންނެވި މަޝްހޫރު ދިފާއީ ވަކީލު އަލްއުސްތާޒު ޝަޒީމް ވަހީދު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއަށް ސޮއިކޮށްފިއެވެ.
މިކަން ހާމަކޮށް އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމްޓީޑީގެ މެމްބަރުންނަށް ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޝަޒީމް ލީޑު ކުރައްވާނެ ކަމަށެވެ. ޝަޒީމަކީ ޖިނާއީ އަދުލުގެ ދާއިރާއިން 11 އަހަރު މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ޤާނޫނީ ވަކީލެކެވެ. ޝަޒީމް ފާހަގަވެފައިވަނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކޮށް އެ މައްސަލަތައް ކާމިޔާބުކުރައްވާފައިވާ ކުޅަދާނަ ދިފާއީ ވަކީލެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ޤާނޫނު އަސާސީއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ހިލާފަށް މައްސަލައެއްގައި އެއްވެސް ކަމެއް ގޮސްފައިވާނަމަ އޭގޭ ބޭނުން ވަރަށް ފުރިހަމައަށް ހިފާ ވަކީލެއްގެ ގޮތުގައި ޝަޒީމް ފާހަގަކުރެވެއެވެ.
https://twitter.com/MTDSecretariat/status/1633483440501981184?cxt=HHwWgIDUmZuipqstAAAA
ޝަޒީމާއެކު އެމްޓީޑީގެ ޤާނޫނީ ޓީމް އެކުލަވާލުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް އެމްޓީޑީން ބުނެއެވެ. އެމްޓީޑީއަކީ ޒުވާނުންގެ މެދުމުގައި އެންމެ މަޤްބޫލް ސިޔާސީ އެއް ޕާޓީއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
