ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވީސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތަކެތި އަތުލައިގެންފައިވަނީ އިއްޔެ ކަމަށެވެ.
އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ކަމަށް ކަސްޓަމުން ބުންޏެވެ. އެ އިދާރާއިން ބުނީ
އެތަކެތީގެ ބަރުދަނުގައި 1070 ގްރާމް ހުރި ކަމަށެވެ.
އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ވައިގެ މަގުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ދޭތެރެ ދޭތެރެއިން އަތުލައިގަނެ އެވެ. އެގޮތަށް އަތުލައިގަންނަ ތަކެތީގެ މައުލޫމާތު ކަސްޓަމްސް އިން އާއްމުވެސް ކުރެ އެވެ.







