މާލެ: 31°C

ޕޮލިސް ބޯޑަށް ސާދިގު އާއި މިޒްމާދު

March 17, 2025
161 ފަހަރު ބަލާފައި
ޕޮލިސް ބޯޑަށް ސާދިގު އާއި މިޒްމާދު
އާއްމުންގެ ތެރެއިން ޕޮލިސް ބޯޑަށް އައްޔަން ކުރާ ދެ މެންބަރުންގެ ގޮތުގައި މުޙައްމަދު ޞާދިގު އާއި އަޙްމަދު މިޒްމާދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އާއްމުންގެ ތެރެއިން ޕޮލިސް ބޯޑަށް އައްޔަން ކުރާ ދެ މެންބަރުންގެ ގޮތުގައި މުޙައްމަދު ޞާދިގު އާއި އަޙްމަދު މިޒްމާދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕޮލިސް ބޯޑަށް ކުރިމަތިލުމަށް މިދިޔަ މަހު ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން މުޙައްމަދު ޞާދިގު އާއި އަޙްމަދު މިޒްމާދު އައްޔަންކުރެއްވުމަށް ފާސްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 64 މެންބަރުންގެ ވޯޓުންނެވެ.

ޕޮލިސް ބޯޑަށް އާންމުންގެތެރެއިން އައްޔަންކުރާ މެންބަރުކަމަށް ހުޅުވާލުމުން 4 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު 2 މެންބަރުންގެ ނަންފުޅު ވަނީ ފާސްކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް، އެ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ދެ މެންބަރުން ކަނޑައަޅުއްވަން ޖެހެއެވެ. އެ މަގާމުތަކަށް އައްޔަން ކުރައްވާ މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެެވެ.

ޕޮލިސް ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލީ އެ މަގާމުގައި މިހާރު ތިއްބެވި ދެ މެންބަރުންގެ ދައުރު ހަމަވާތީއެވެ. އެ ބޯޑުގައި އާންމުގެ ފަރާތުން މިހާރު ތިއްބަވަނީ ހ. ޝޭޑީކޯނަރ، ޙާމިދު ޢަބްދުލްޣަފޫރާއި، ސ.ހުޅުދޫ ދެތަނޑިމާގެ އަލްއުސްތާޛާ ޞަފާ ޝަރީފެވެ.

ޕޮލިސް ބޯޑަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާ ބޯޑެކެވެ. އެ ބޯޑު އެކުލެވިގެން ވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި އާއްމުންގެ ތެރެއިން އައްޔަން ކުރާ ދެ މެންބަރުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ