
ޕީއެންއެފް މެންބަރުންނަށް ދެ މިނިސްޓަރަކު ރިޝްވަތު ހުށައަޅާކަމުގެ ތުހުމަތު
ޕީއެންއެފް މެންބަރުންނަށް ދެ މިނިސްޓަރަކު ރިޝްވަތު ހުށައަޅާކަމުގެ ތުހުމަތު
ލިޔުން:
ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ޕީއެންއެފްގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާ ސަރުކާރަށް ތާއީދުކުރުމަށް އެދެމުންދާ ކަމަށް ޕީއެންއެފްގެ ސެނެޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޖަގަހަ ޖަލްސާފައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ މިއަދު ފެނިގެންދަނީ ވަޒީފާގެ އަޅުންނާއި ފިކުރުގެ ގައިދީންނަށް ދިވެހިރައްޔިތުން ހަދައިގެން މުޖްތަމުގައި ޕްރޮޑަކްޓެއްގެ ގޮތުގައި ބޭނުންކުރަމުންދާތަން ކަމަށެވެ. މަލީހު ވިދާޅުވީ އެއީ ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށާއި، ކޮންމެ ރައްޔިތަކަށްވެސް އެ މީހަކު ބޭނުންވާ މީހަކަށް ވޯޓު ދިނުމުގެ ހައްގު އޮންނަންޖެހޭ ކަމަށެވެ.
"ރިޝްވަތު ހުށަހަޅުއްވަނީ ސަރުކާރު ފަޅިއަށް އަންނާށޭ. ސަރުކާރު ކެންޑިޑޭޓަށް އަންނާށޭ ތިމަންނަ މިހާ ފައިސާއެއް ދޭނަމޭ. ތިމަންނަ މިހާ ވަޒީފާއެއް ދޭނަމޭ. ކެޕްޓަން އަމީންވެސް މިމަސައްކަތް ކުރައްވާ، ޓްރާންސް ޕޯޓް މިނިސްޓަރ. އެހެންވީމަ މިއީ ވަރަށް ލަދު ހުތުރު ކަންތައްތަކެއް ނޫންތޯ. މިކަމާއި ދުރަށްދާން ނޫންތޯ އަޅުގަނޑުމެން މަސައްކަތްކުރީ،" މަލީހު ވިދާޅުވިއެވެ.
ޕީއެންއެފުން ބުނެފައިވަނީ ސަރުކާރުން ރިޝްވަތު ހުށަހެޅުން ވަނީ އާންމު ކަމަކަށްވެފައި ކަމަށައި، ކެބިނެޓް މިނިސްޓަރުން އިސްވެތިބެ އެކަންކަން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޕީއެންއެފްއިން މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި، ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.
ސަރުކާރުން ކޮރަޕްޝަން އާންމު އާދައިގެ ކަމަކަށް ހަދާފައިވާ ކަމަށާއި، މި ސަރުކާރު ގެނައީ އެކަން ހުއްޓުވަން ނަމަވެސް، އެކަންކަން ފާލުން ނެއްޓިފައިވާ ކަމަށެވެ. އަދި ދިވެހިންގެ ފައިސާ ބޭނުންކުރަމުންދަނީ އެންމެ ދިވެއްސެއްގެ މަސްލަހަތަށްޓަކައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
