މާލެ: 31°C
ޕީއެންއެފް ޖަލްސާއަށް ފުލުހުން ހުރަސްއަޅައިފި

ޕީއެންއެފް ޖަލްސާއަށް ފުލުހުން ހުރަސްއަޅައިފި

April 9, 2024
2 ފަހަރު ބަލާފައި
ޕީއެންއެފް ޖަލްސާއަށް ފުލުހުން ހުރަސްއަޅައިފި
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ގޮތުން މިރޭ ޣިޔާސުއްދީން ސްކޫލްގައި ބާއްވަން ތާވަލްކުރި ޖަލްސާއަށް ފުލުހުން ހުރަސް އަޅައިފިއެވެ. މިނިވަންއަށް މައުލޫމާތު ހިއްސާކުރަމުން ޕީއެންއެފްގެ އިސް ބޭފުޅަކު ވިދާޅުވީ، ޖަލްސާ ބޭއްވުމަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން އައިސް ޣިޔާސުއްދީން ސްކޫލް ގޭޓް ބަންދުކޮށްފައިވާކަމަށެވެ. ޕީއެންއެފް އުފެއްދުމުގެ ގޮތުން މިރޭ ޖަލްސާ ބޭއްވުމަށް ތާވަލްކޮށްފައިވަނީ ޣިޔާސުއްދީން ސްކޫލު ހޯލްގައި މިރޭ 22:00 ގައެވެ. ޖަލްސާ އަށް ހާޒިރުވެ ވަޑައިގެންނެވި ޕީއެންއެފްގެ އިސްވެރިން ޖަލްސާ ކުރާ ހޯލަށް ވަނުމަށް އައި ނަމަވެސް ފުލުހުން ވަނީ އެ ބޭފުޅުންނަށް ނުވަދެވޭނޭހެން ގޭޓް ބަންދުކޮށްފައެވެ. https://twitter.com/maleehjamal/status/1777738700505719098 "މިހާތަނަށް ނުފެށި ލަސްތަކެއް މިވީ ފުލުހުން ފުލުހުންނާހެދި މީހުނަށް ޖަލްސާކުރާތަނަށް ނުވަދެވުމުން. މިހާރު ގިނަ މެމްބަރުން ޖަލްސާކުރާ މާލަމަށް ވަންނަމުންދަނީ. އިރުކޮޅަކުން ފެށޭނޭކަމަށް މި ބަލަނީ" ޕީއެންއެފްގެ އޮފިޝަލަކު ބުންޏެވެ. ފުލުހުން ގޭޓް ބަންދުކުރިނަމަވެސް ބައެއް މެމްބަރުން ވަނީހޯލްތެރެއަށް ވަދެގަނެފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ޖަލްސާ ހުއްޓުވަން ޖެހުނީ ހުއްދަ ދެވިފައި ނުވާ އެއްވުމެއް ބާއްވަން އުޅޭތީވެ، އެކަން ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެދިފައިވާތީކަމަށެވެ. ޕީއެންއެފުން މިރޭ ބޭއްވުމަށް ތާވަލްކުރި މި ޖަލްސާ ބޭއްވިޔަ ނުދިނުމަށް މާ ކުރިންސުރެ ފެށިގެން މަސައްކަތް ފަށާފައިވާކަމަށް އެ ޕާޓީގެ އިސް ހަރަކާތްތެރިޔާ، މުހައްމަދު މަލީހް ވަނީ މިއަދު ވިދާޅުވެފައެވެ. މަލީހް ވިދާޅުވެފައިވަނީ މިރޭ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ސަރުކާރުން އަންގައިގެން، ސްޓެލްކޯއިން ވަނީ ޖަލްސާ ކުރާ ތަނުން ކަރަންޓުވެސް ކަނޑާލާފައިކަމަށެވެ. https://twitter.com/maleehjamal/status/1777700664669593670 މަލީހް ވިދާޅުވެފައިވަނީ ޕީއެންއެފް ޖަލްސާ ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގާނޫނީ އިމުގެ ތެރެއިން ކުރަމުންގެންދާނޭ ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ