މާލެ: 31°C

ޕީއެންއެފް އާއި އެމްޓީޑީ އިން އަހަރީ ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް ކޮމިޝަން

March 20, 2025
224 ފަހަރު ބަލާފައި
ޕީއެންއެފް އާއި އެމްޓީޑީ އިން އަހަރީ ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް ކޮމިޝަން
2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ރައީސް ޔާމީން ގެ ޕީއެންއެފް އާއި ކުރީގެ ނައިބްރައީސް ގެ އެމްޓީޑީ އިން ހުށަނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ރައީސް ޔާމީން ގެ ޕީއެންއެފް އާއި ކުރީގެ ނައިބްރައީސް ގެ އެމްޓީޑީ އިން ހުށަނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މި މަހުގެ 1 ވަނަ ދުވަހަށް މުއްދަތު ހަމަވީއިރު ރާއްޖޭގައި މިހާރު ހިންގާ 9 ޕާޓީ ގެ ތެރެއިން 7 ޕާޓީއަކުން ވަނީ ރިޕޯޓް ހުށަހަޅާފައެވެ. އެގޮތުން އަހަރީ ރިޕޯޓް ހުށަހަޅާފައިވާ ޕާޓީތަކުގެ ތެރޭގައި ހުށަހެޅީ ޕީއެންސީ އާއި، އެމްޑީޕީ އާއި، ޖުމްހޫރީ ޕާޓީ އާއި، އަދާލަތު ޕާޓީ އާއި، އެމްއެންޕީ އާއި. އެމްޑީއޭގެ އިތުރުން ދަ ޑިމޮކްރެޓްސް ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޕޯޓް ހުށައަޅާފައިނުވާ 2 ޕާޓީ އަށް މި މަހުގެ 18 އާއި ހަމައަށް ރިޕޯޓް ހުށަހެޅުމަށް އިތުރު ފުރުސަތު ވެސް ދީފައިވާކަމަށާއި، ނަމަވެސް އެ މުއްދަތުގައިވެސް އެ 2 ޕާޓީން ރިޕޯޓް ހުށަހަޅާފައިނުވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ