މާލެ: 31°C

ފީއެންސީގެ ނަމުގައި މެސެޖުކުރަމުންދާތީ ސަމާލުވާން އެދިއްޖެ

March 13, 2025
289 ފަހަރު ބަލާފައި
ފީއެންސީގެ ނަމުގައި މެސެޖުކުރަމުންދާތީ ސަމާލުވާން އެދިއްޖެ
ފީއެންސީގެ ނަމުގައި މައުލޫމާތު ހޯދަން މެސެޖު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ޕާޓީން ގޮވާލައިފިއެވެ.

ފީއެންސީގެ ނަމުގައި މައުލޫމާތު ހޯދަން މެސެޖު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ޕާޓީން ގޮވާލައިފިއެވެ.

އެކަމަށް ގޮވާލައި އެ ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ "ޕާޓީގެ ބޭނުމަށް މައުލޫމާތު ހޯދަން" ކަމަށް ބުނެ ސައްހަ ނޫން މެސެޖްތަކެއް ދައުރު ކުރަމުންދާކަމުގެ މައުލޫމާތު އެ ޕާޓީއަށް ލިބިފައިވާ ކަމަށާއި، ރަށްރަށުން އެއްވެސް މައުމޫލާތެއް ހޯދާ ނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިން ކޮމިޓީ އާއި ޕާޓީގެ މައި އޮފީހުގެ އިތުރުން ޕާޓީގެ ރަސްމީ މަސްއޫލިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ނުވަތަ ޕާޓީގެ ރަސްމީ ނަންބަރު ތަކުންނާއި ރަސްމީ ޕްލެޓްފޯމްތަކުން ކަމަށެވެ.

އެހެންކަމުން އެ ޕާޓީގެ ނަމުގައި ހިންގާ މިފަދަ ކަންކަން ފުލުހުންނަށް ހުށަހަޅައިގެން ވެސް ބަލާނެ ކަމަށާއި، އަދި ޕާޓީގެ ނަމުގައި ސިޔާސީ ބޭނުމަށް ބަޔަކު ސައްހަ ނޫން މެސެޖްތައް ދައުރު ކުރުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް ބަޔާންކޮށް، ޕާޓީގެ މެމްބަރުންނާއި އާއްމު ރައްޔިތުން އެ ފަދަ ސައްހަ ނޫން މެސެޖްތަކަށް އިޖާބަ ނުދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. އަދި އެފަދަ މެސެޖެއް ލިބިލެއްވުމުން އެ ޕާޓީގެ ސަމާލުކަށް ގެންނެވުމަށްވެސް އެދިފައިވެއެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ