މާލެ: 31°C
ޕީއެންސީން ބުނަނީ ޑރ. މުޢިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި އަސާސީ ޚިދުމަތްތައް ދިނުން

ޕީއެންސީން ބުނަނީ ޑރ. މުޢިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި އަސާސީ ޚިދުމަތްތައް ދިނުން

April 15, 2024
3 ފަހަރު ބަލާފައި
ޕީއެންސީން ބުނަނީ ޑރ. މުޢިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި އަސާސީ ޚިދުމަތްތައް ދިނުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނީ ހއ. ދިއްދޫގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި އެ ރަށުގެ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު ދެއްކި ވާހަކަތައް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އެގޮތުން، "ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެ ގެތަކަށް" ކަމަށް އޭނާ ވިދާޅުވެފައިވާތީ އެކަން ކޮންގްރެސް ޕާޓީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ކޮންގްރެސް ޕާޓީން ބުނީ ދިއްދޫ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު ދެއްކި ވާހަކަތަކަކީ ރައީސް ޑރ. މުޢިއްޒު އަދި އެ ޕާޓީގެވެސް ސިޔާސަތެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި، ރައްޔިތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށް ވެސް ކޮންގްރެސް ޕާޓީން ބުންޏެވެ. ވަކި ފަރުދަކު ފާޅުކުރާ ޚިޔާލަކީ ޕާޓީގެ ނުވަތަ ސަރުކާރުގެ ސިޔާސަތު ނޫންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވެސް ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ