
ޕީ.އެން.ސީގެ ސިނާ މަޖިލީހުގެ "ރަންގޮނޑި" ކާމިޔާބުކޮށްފި
ޕީ.އެން.ސީގެ ސިނާ މަޖިލީހުގެ "ރަންގޮނޑި" ކާމިޔާބުކޮށްފި
ލިޔުން:
ރައްޔިތުން މަޖިލީޙުގެ 20 އަހަރު ވަންދެން ހިތަދޫ އުތުރުދާއިރާގެ މެންބަރުގެ ގޮތުގައި ހުރި، މިހިނގާ ދައުރުގެ މަޖިލީހުގެ ރައީސް އަސްލަމްގެ ކަޓުވާލުމަށްފަހު، ޕީ.އެންސީގެ ކެނޑިޑޭޓް މުހައްމަދު ސިނާން (ސިނާ) "ރަންގޮނޑި" ކާމިޔާބުކޮށްފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހިތަދޫ އުތުރު ދާއިރާގެ އެންމެ ގިނަ ވޯޓު ހޯއްދެވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އެވެ. ސިނާންއާ އެންމެ ގާތުން ވާދަކުރެއްވީ އަސްލަމް އެވެ.
މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެންމެ މެންބަރެވެ. އަސްލަމް ވަނީ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވާފައިފަ އެވެ.
މިއާއި އެކު ހިތަދޫގެ އުތުރު ދާއިރާ އަދި މެދު ދާއިރާއާއި އެކު ޖުމްލަ 7 ދާއިރާގެ ގޮނޑި ކާމިޔާބުކުރާނެ ކަމަށް ބެލެވެނީ ވެރިކަންކުރާ ޕީ.އެން.ސީގެ ކެނޑިޑޭޓުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
