މާލެ: 31°C
ޕީއެންސީގެ ޕްރައިމަރީ އަނެއްކާ ވެސް ފަސްކޮށްފި

ޕީއެންސީގެ ޕްރައިމަރީ އަނެއްކާ ވެސް ފަސްކޮށްފި

January 15, 2024
3 ފަހަރު ބަލާފައި
ޕީއެންސީގެ ޕްރައިމަރީ އަނެއްކާ ވެސް ފަސްކޮށްފި
ޕީއެންސީ އިން އަނެއްކާވެސް އެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ މިމަހުގެ 27 ވަނަ ދުވަހަށް ފަސްކޮށްފި އެވެ. ޕީއެންސީ އިން އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހުވެސް ޕްރައިމަރީ ބޭއްވުމަށް ނިންމި އެވެ. ނަމަވެސް ޑިސެމްބަރު 15 ދުވަހު ޕީއެންސީ އިން ވަނީ އެ ޕާޓީގެ ޕްރައިމަރީ ޖެނުއަރީ 20 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފަ އެވެ. ޕީއެންސީގެ ކެންޑިޑޭޓުން ތިބި ވަޓްސްއަޕް ގުރޫޕްގައި  އިއްޔެ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ "ޕްރައިމަރީ ބާއްވާ ތާރީހް 27 ޖެނުއަރީ އަށް ބަދަލުވެދާނެ ވާހަކަވެސް ދެންނެވިން" ކަމަށެވެ. މިމެސެޖުގައި އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓާއި އަދި ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓް އާންމުކުރެވޭނެ ކަމަށެވެ. ޕީއެންސީގެ ޕްރައިމަރީ އަނެއްކާވެސް ފަސްކުރަން ނިންމާ ކެނޑިޑޭޓުންނަށް އެންގި ނަމަވެސް އެ ޕާޓީން އަދި ރަސްމީކޮށް އެކަން އިއުލާންކޮށްފައެއް ނުވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ