މާލެ: 31°C

ޕީއެންސީގެ ނަމުގައި އޮޅުވާލައިގެން މެސެޖް ފޮނުވާ ކަމަށް ބުނެފި

March 15, 2025
100 ފަހަރު ބަލާފައި
ޕީއެންސީގެ ނަމުގައި އޮޅުވާލައިގެން މެސެޖް ފޮނުވާ ކަމަށް ބުނެފި
މައުލޫމާތު ހޯދުމަށް ކަމަށް ބުނެ ވެރިކަންކުރާ ޕީއެންސީގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން އިލްތިމާސްކޮށްފި އެވެ.

މައުލޫމާތު ހޯދުމަށް ކަމަށް ބުނެ ވެރިކަންކުރާ ޕީއެންސީގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން އިލްތިމާސްކޮށްފި އެވެ.

މެސެޖުތައް ފޮނުވުން ކުށްވެރިކޮށް ޕީއެންސީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މައުލޫމާތެއް ހޯދާނަމަ އެކަން ކުރާނީ ސީދާ އެ ޕާޓީގެ މައި އިދާރާއިންނާއި އެކަމަށް ކަނޑައެޅިފައިވާ ރަސްމީ ޗެނަލްތައް މެދުވެރިކޮށް ކަމަށެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް އެފަދަ މައުލޫމާތުތަކަށް ނޭދޭނެ ކަމަށް ވެސް ބުންޏެވެ.

އެހެންކަމުން އެފަދަ މެސެޖެއް ލިބިއްޖެނަމަ އެ މެސެޖުތަކަށް އިޖާބު ނުދީ ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގުމަށް ވެސް ޕީއެންސީން ގޮވާލި އެވެ.

ޕީއެންސީން ބުނިގޮތުގައި މިހާތަނަށް ފާހަގަކުރެވިފައިވާ އެފަދަ މައްސަލަަތައް ފުލުހުންނަށް ހުށަހަޅައިގެން ބަލާނެ އެވެ.

ޕީއެންސީން އިތުރަށް ބުނީ

  • މެސެޖުތައް ފޮނުވަމުން ދަނީ ސިޔާސީ ބޭނުމަކަށް ކަމަށް
  • އެފަދަ މެސެޖުތައް ފޮނުވާާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް

އެކި ނަންނަމުގައި އެކި މީހުންނަށް މެސެޖުކުރުމަކީ މިހާރު އާންމު ކަމަކަށް ވަނީ ވެފަ އެވެ. އެގޮތުން ފައިސާ ހޯދުމަށާއި އަދި އެހެނިހެން ސްކޭމްތައް ވެސް އެގޮތަށް ގުޅައިގެން ކުރާކަން ފާހަގަވެފައި ވެއެވެ. އަދި އެފގަދަ މައްސަލަތަކުގައި ޝާމިލުވާ މީހުން ހޯދަން ދޭތެރެ ދޭތެރެއިން ފުލުހުން އިއުލާންވެސް ކުރެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ