
ޕީއެންސީގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުން މިރޭ އާޓިފިޝަލް ބީޗްގައި
ޕީއެންސީގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުން މިރޭ އާޓިފިޝަލް ބީޗްގައި
ލިޔުން:
ވެރިކަންކުރާ ޕީއެންސީއަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން "ދިވެހީންގެ ރާއްޖެ މަޖިލީހަށް - މަރުހަބާ" ގެ ނަމުގައި ބާއްވާ މި ހަރަކާތް އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗްގައެވެ.
އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީން ވަނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ. އެގޮތުން، ވަގުތީ ނަތީޖާތައް ދައްކާގޮތުން ޕީއެންސީން ވަނީ މަޖިލީހުގެ 60 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ، މަޖިލީހުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައެވެ.
އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި 11 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކޮށްފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުން ތާއީދު ދިން ކެންޑިޑޭޓުން ގިނައެވެ.
ޖުމްލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރީއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ. ނަމަވެސް އެމްޑީޕީ އަށް އިއްޔެގެ އިންތިހާބުގައި ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
