މާލެ: 31°C
ރިޔާސީ އިންތިހާބަށް ޕީއެންސީ ނިކުންނާނީ 1 ލައްކަ މެމްބަރުންނާއެކު: މުޙައްމަދު އިސްމާއިލް

ރިޔާސީ އިންތިހާބަށް ޕީއެންސީ ނިކުންނާނީ 1 ލައްކަ މެމްބަރުންނާއެކު: މުޙައްމަދު އިސްމާއިލް

11 ޖުލައި 2026
327 ފަހަރު ބަލާފައި
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނިކުންނާނީ 1 ލައްކަ މެމްބަރުންނާއެކު ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިވަގުތު 7 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އޮތްއިރު 74000 މެންބަރުންނާއެކު އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތީ 2019 ވަނަ އަހަރު  އުފެއްދި ޕީއެންސީ ކަމަށެވެ.

ޕީއެންސީ އަކީ އެންމެ މަނެބަރުން ގިނަ ޕާޓީއަށް ވެފައިވަނީ އެ ޕާޓީގެ ލީޑަރޝިޕުން ހާއްސަގޮތެއްގައި ރައީސް ޑރ މުއިއްޒު ޕާޓީގެ އާންމު މެމްބަރުންނާ ދެމެދުގައި ބާއްވަމުންގެންދަވާ ބަދަހި ގުޅުމުގެ ސަބަބުން ކަމަށްވެސް މުޙައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

މިއަދު ރައީސް މުއިއްޒުގެ އިރުޝާދާއެކު އަޅުގަނޑުމެންގެ އަމާޒަކީ ޕީއެންސީން 2028 ގައި ދެވަނަ ދައުރަކަށް ކުރިމަތިލާއިރު އެއް ލައްކައަށް ވުރެ ގިނަ މެމްބަރުން ހަމަކުރުން، އެ އަމާޒަށް ދެވޭނެކަމާއިމެދު ޝައްކެއް ނެތް، މިއަދު އަދި އެވަރުގެ މަސައްކަތެއް ކުރެވޭނެ ހުސް ވަގުތެއް ނުލިބިގެން އެކަން ނުފެއްޓިފައި މި އޮތީ، އިރާދަކުރެއްވިއްޔާ ދެން އަންނަ މަޖިލިސް ބްރޭކްގައި އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން،". މެމްބަރު ވިދާޅުވިއެވެެ.

އަދި މުޙައްމަދު އިސްމާއިލް ވިދާޅުވީ ޕީއެންސީއަށް މެމްބަރުން އިތުރުވަމުން އަންނަނީ ރައީސް މުއިއްޒުގެ ސިޔާސަތުތައް ވަރުގަދަވީމަކަމަށާއި އެމަނިކުފާނަށްވުރެ ބޮޑަށް ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއާއި ތަރައްގީއާއި ކުރިއެރުމަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެ ދެވަނަ ވެރިޔަކު ދެން ދިވެހި ތާރީހު ދެކެފާނެކަމަށް ގަބޫލުނުކުރައްވާކަމަށްވެސް މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން އަމަލާއި ބަސް ދިމާވާ ހަމައެކަނި ލީޑަރަކަށް ސިޔާސީ މައިދާނުގައި ހުންނެވީ ހަމައެކަނި ރައީސް މުއިއްޒުކަމަށް ދިވެހި ރައްޔިތުންވެސް ހެކިވާކަމަށް މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި
ހަބަރު

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި
ހަބަރު

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ