ޕްލާސްޓިކް ކޮތަޅުގެ ހިސާބުކިތާބު ބަލަހައްޓަންޖެހޭނީ އެ ވިޔަފާރިއެއްގެ އެހެނިގެން ރިކޯޑްސްތަކާ ހިލާފަށް މުޅިން ވަކިން ކަމަށް ވެސް އެ ގަވާއިދުގައި ބުނެއެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީއިން ދައުލަތަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ޕްލާސްޓިކް ކޮތަޅުގެ ފީއިން ދައުލަތަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ލިޔުން:
އެއް އަހަރު ދުވަހުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީއިން ދައުލަތަށް 16.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މިރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޕްލާސްޓިކް ކޮތަޅު ފީއިން މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ދައުލަތަށް 12.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅު ފީއިން ވަނީ ހަތަރު މިލިއަން ރުފިޔާ ލިބިފައެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
ކުނި މެނޭޖްކުރުމުގެ ބިލަކީ ކުރީގެ ރައީސް ސޯލިހްގެ ސަރިކާރުގައި ތަސްދީގު ކުރެއްވި ބިލެކެވެ.
އެގޮތުން، އެ ބިލުގެ ގަވައިދުގައިވާ ގޮތުން ވިއްކާ ކޮތަޅުގެ އަދަދާއި އަގާއި ހިލޭ ދޫކުރާ ކޮތަޅާއި އޭގެ އަގާއި ހަލާކުވާ ކޮތަޅާއި އޭގެ އަގާއި ކަސްޓަމަރުން ރައްދު ކުރާ ކޮތަޅުގެ ހިސާބާއި ފިހާރައިގައި ބޭނުން ކުރާ އެހެނިހެން ކޮތަޅުގެ އަދަދު ވިޔަފާރިވެރިން ބަލަހައްޓަން ޖެހެއެވެ. އަދި އެ ވިޔަފާރިއަކުން ކޮތަޅު ގަންނަ ސަޕްލަޔަރުގެ ބައެއް މައުލޫމާތުތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި، ގަތް ނުވަތަ ހިލޭ ލިބުނު ކޮތަޅުގެ އަދަދާއި ސަޕްލަޔަރުގެ ޓިން ނަމްބަރާއި އިންވޮއިސްގެ ކޮޕީއެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
