- ޑިއުޓީ ފްރީ ފިހާރަތަކުން ވިޔަފާރިކުރާ އިރު
- ބަންދު ނުކޮށް ހުންނަ ތާޒާ މަސް އަޅަން ކޮތަޅު ދޭ އިރު
- ބަންދުނުކޮށް ހުންނަ ހަނޑޫ ، ހަކުރު އަދި ފުށް އަޅަން ކޮތަޅު ދޭއިރު
- 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅުބޮނޑި ވިއްކާއިރު
- ކުނި މެނޭޖްކުރާ ފަރާތްތަކަށް ކޮތަޅު ވިއްކާއިރު

ޕްލާސްޓިކް ކޮތަޅަށް އަގުނަގާ ބިލު ތަސްދީގުކޮށްފި
ޕްލާސްޓިކް ކޮތަޅަށް އަގުނަގާ ބިލު ތަސްދީގުކޮށްފި
ލިޔުން:
ފިހާރަތަކުން ގަންނަ ތަކެތި އަޅަން ދޭ ޕްލާސްޓިކް ކޮތަޅުން "ފީއެއް"ގެ ނަމުގައި ދެރުފިޔާ ނަގާ ގޮތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުނި މެނޭޖްކުރުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު ފާސްކުރި އެ ބިލުގައިވާ ގޮތުން ފިހާރަތަކުން ގަންނަ ތަކެތި އަޅަން، ގަންނަ މީހުން ޕްލާސްޓިކް ކޮތަޅެއް ދޭން އެދިއްޖެ ނަަމަ ކޮތަޅު ދޫކުރާނީ ކޮތަޅަކަށް ދެރުފިޔާގެ މަގުން ފީއެއް ނަގައިފަ އެވެ. އެގޮތުން ނަގާ ފީ ފިހާރަތަކުން ދައްކަން ޖެހޭނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.
ޕްލާސްޓިކް ކޮތަޅުން ފީ ނެގިކަން ފިހާރަތަކުގެ ރެކޯޑްތަކުގައި ހިމެނުމަށް ޓަކައި ބިލު ވެސް ހަދަން ޖެހޭނީ އެ ފީ ހިމަނައިގެންނެވެ.
މިއަދު ތަސްދީގުކުރި ބިލުގައިވާ ގޮތުން ކޮތަޅުން ފީ ނަގަން ފަށަން ޖެހޭނީ މިއަދުން ފެށިގެން ހަަތަރު މަސްދުވަސް ފަހުންނެވެ. އެ ބިލުގައިވާ ގޮތުން ކޮތަޅަށް ފީ ނެގުމުގައި އިސްތިސްނާ ހާލަތްތަކެއް ވެސް އެބަހުއްޓެވެ. އެހާލަތްތަކުގައި ކޮތަޅު ދޭން ޖެހޭނީ ހިލެ އެވެ.
ކޮތަޅު ހިލޭ ލިބޭނެ ހާލަތްތައް
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
