މާލެ: 31°C

ޕްލާސްޓިކް ކޮތަޅަކަށް 2 ރުފިޔާ ނަގަން ފަށައިފި، ހިސާބު ބަލަހައްޓަން ޖެހޭ

ޕްލާސްޓިކް ކޮތަޅަކަށް 2 ރުފިޔާ ނަގަން ފަށައިފި، ހިސާބު ބަލަހައްޓަން ޖެހޭ
April 18, 2023
3 ފަހަރު ބަލާފައި
ޕްލާސްޓިކް ކޮތަޅަކަށް 2 ރުފިޔާ ނަގަން ފަށައިފި، ހިސާބު ބަލަހައްޓަން ޖެހޭ
ވިޔަފާރިތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް މިއަދުން ފެށިގެން 2 ރުފިޔާ ނަގަން ފަށައިފިއެވެ. ކަސްޓަމަރުންގެ އަތުން 2 ރުފިޔާ ނެގޭގޮތަށް، "ކުނި މެނޭޖްކުރުމުގެ ބިލަށް" ރައީސް ތަސްދީގު ކުރެއްވީ 18 ޑިސެމްބަރ 2022 ގައެވެ. އިއްޔެ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ވަނީ "ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދު ކަށަވަރު ކުރުމަށް ރިކޯޑު ބެލެހެއްޓުމުގެ ގަވާއިދު"ގެ ނަމުގައި ގަވައިދެއް ނެރެފައެވެ. އެ ގަވައިދުގައި ވާ ގޮތުން ވިޔަފާރި ކުރާއިރު ފިހާރަތަކުން ދޭ ކޮންމެ ޕްލާސްޓިކު ކޮތަޅަކަށް ދެ ރުފިޔާ ނަގަން ފެށުމުން އެކަމުގެ ހިސާބުކިތާބު ބެލެހެއްޓަން ޖެހެއެވެ.

އެ ގަވައިދުގައި ވާ ގޮތުން ވިއްކާ ކޮތަޅުގެ އަދަދާއި އަގާއި ހިލޭ ދޫކުރާ ކޮތަޅާއި އޭގެ އަގާއި ހަލާކުވާ ކޮތަޅާއި އޭގެ އަގާއި ކަސްޓަމަރުން ރައްދު ކުރާ ކޮތަޅުގެ ހިސާބާއި ފިހާރައިގައި ބޭނުން ކުރާ އެހެނިހެން ކޮތަޅުގެ އަދަދު ވިޔަފާރިވެރިން ބަލަހައްޓަން ޖެހެއެވެ. އަދި އެ ވިޔަފާރިއަކުން ކޮތަޅު ގަންނަ ސަޕްލަޔަރުގެ ބައެއް މައުލޫމާތުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ގަތް ނުވަތަ ހިލޭ ލިބުނު ކޮތަޅުގެ އަދަދާއި ސަޕްލަޔަރުގެ ޓިން ނަމްބަރާއި އިންވޮއިސްގެ ކޮޕީއެކެވެ.

ޕްލާސްޓިކް ކޮތަޅުގެ ހިސާބުކިތާބު ބަލަހައްޓަންޖެހޭނީ އެ ވިޔަފާރިއެއްގެ އެހެނިގެން ރިކޯޑްސްތަކާ ހިލާފަށް މުޅިން ވަކިން ކަމަށް ވެސް އެ ގަވާއިދުގައި ބުނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ