މާލެ: 31°C

ޕްލޭން ބަދަލުކޮށް، ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ހުޅުމާލެ ފަޅު އަނެއްކާ ވެސް ހިއްކަނީ

ޕްލޭން ބަދަލުކޮށް، ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ހުޅުމާލެ ފަޅު އަނެއްކާ ވެސް ހިއްކަނީ
May 10, 2023
2 ފަހަރު ބަލާފައި
ޕްލޭން ބަދަލުކޮށް، ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ހުޅުމާލެ ފަޅު އަނެއްކާ ވެސް ހިއްކަނީ
ހުޅުމާލެ ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭންގައި ކުރޫޒް ޓާމިނަލެއް އެޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގެ ޕްލޭން ބަދަލުކޮށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން އެސަރަހައްދުން ބިން ހިއްކުމަށް ނިންމައިފިއެވެ. އެނގިފައިވާ ގޮތުގައި ހުޅުމާލޭ ފަޅުތެރެއިން ފަރުކޮޅުފުށި ހިމެނޭހެން ފުރަތަމަ ފިޔަވައްސާ ހަމައަށް ބޮޑު ސަރަހައްދެއް ހިއްކުމަށް ސަރުކާރުން ނިންމައި އާބަންކޯއާ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. މިކަމާ ގުޅިގެން ރަސްމީ ބަހެއް ހޯދަން މިނިވަން އިން ކުރި މަަސައްކަތުން، ރައީސް އޮފީހުން އަދި އާބަންކޯ އިން ވެސް ވަކި ޖަވާބެއް ނުދެއެވެ. ނަމަވެސް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، މި ބިޔަ މަޝްރޫއު ހަވާލު ކުރަނީ ޗައިނާގެ ކުންފުންޏަކާއެެވެ. ހުޅުމާލޭ ގައި ފަޅުހިއްކާ، ދެފިޔަވަހި ހަދާ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިންގަމުންދެއެވެ. އަދި މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ވެސް ސަރުކާރުން ނިންމާފައިވެއެވެ. ބޯހިޔާވަހިކަމަށް ހާއްސަކޮށް ހިއްކަން އުޅޭ މި ފަޅަކީ މިހާރު ގިނަ އަދަދެއްގެ ސަފާރީ ބަނދަރުކުރާ ސަރަހައްދަކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ