މާލެ: 31°C

"ޕިންކް ރިބަން ރަން-ވޯކް" ބާއްވައިފި

"ޕިންކް ރިބަން ރަން-ވޯކް" ބާއްވައިފި
October 12, 2024
2 ފަހަރު ބަލާފައި
"ޕިންކް ރިބަން ރަން-ވޯކް" ބާއްވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)އިން ގުޅިގެން "ޕިންކް ރިބަން ރަން ވޯކް" ބާއްވައިފި އެވެ. ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި ޕިންކް ރިބަން ހަރަކާތުގައި ގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާ އިރު، މި އަހަރު މި ހަރާކާތް ވަނީ ހުޅުމާލޭގެ އިތުރުން 11 ރަށެއްގައި ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތަކީ، ކޮންމެ އަހަރަކުވެސް ބާއްވާ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރުމާއި، އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަން އާންމުންނަށް އަންގައިދީ، ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރު ކޮށްދޭ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވާން ބީއެމްއެލްގެ މާލީ އޭހީތެރި ކަމާއެކު ހިންގާ ހަރަކާތެކެވެ. ބީއެމްއެލް އިން ދަނީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކެންސަރު ސޮސައިޓީގެ "ޕިންކް ރިބަން ރަން-ވޯކް" އަށް އެހީތެރިކަން ދެމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ