މާލެ: 31°C
ޕިކަޕެއްތެރޭގައި، އިޖުތިމާއީ މިންގަނޑުތަކާ ހިލާފް ވައްތަރު ޖެއްސި މީހަކު ހޯދަނީ

ޕިކަޕެއްތެރޭގައި، އިޖުތިމާއީ މިންގަނޑުތަކާ ހިލާފް ވައްތަރު ޖެއްސި މީހަކު ހޯދަނީ

February 22, 2024
4 ފަހަރު ބަލާފައި
ޕިކަޕެއްތެރޭގައި، އިޖުތިމާއީ މިންގަނޑުތަކާ ހިލާފް ވައްތަރު ޖެއްސި މީހަކު ހޯދަނީ
މާލޭ މަގުމަތީގައި ޕިކަޕެއް ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވި މީހަކު ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ، މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދި އެ މީހާ ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. ޕިކަޕެއްތެރޭގައި މީހަކު ހުތުރު ވައްތަރު ޖައްސާ ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެވަގުތު ޕިކަޕުގެ ފަހަތުން އައި ސައިކަލެއްގައި އަންހެނަކު ވެސް އިނެވެ. އަދި އުމުރުން ދުވަސްވީ ފިރިހެނުން ވެސް ތިއްބެވެ. އާންމު އިޖުތިމާއީ މިންގަޑާއި ހިލާފު  ވައްތަރު ޖެއްސި މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހެންވޭރު ފުލުހުންގެ އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ