މާލެ: 31°C
ފޭސް ތިނެއްގެ ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ފޭސް ތިނެއްގެ ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

April 3, 2024
3 ފަހަރު ބަލާފައި
ފޭސް ތިނެއްގެ ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި
ހުޅުމާލެ ފޭސް 3 ގެ ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގަން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ. އެޗްޑީސީން ބުނީ 3 ވަނަ ފިޔަވަހީގައި ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގެ ސައިޓް-ބީ މަސައްކަތަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް މާދަމާގެ ކުރިން ނެގުމަށް އަންގާފައިވާ ކަމަށެވެ. އަދި މިގޮތަށް ނެގޭ އުޅަނދުތައް ހިއްކާ ސަރަހައްދުން ބޭރުގައި އެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އެ މަސައްކަތުގައި އާންމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅުއްވާ ފަރާތްތަކުން ދޭ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީއިން ވަނީ ޝުކުރު އަދާކޮށްފައެވެ. މި މަޝްރުއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު 22 ގައެވެ. އެގޮތުން އޭރު ފެށި ސައިޓް އޭ ބިން ހިއްކުމުގެ މަސައްކަތް އޮކްޓޯބަރ ފަހުކޮޅަށް ވަނީ ނިންމާލާފައެވެ. ހުޅުމާލެއިން ހިއްކާ އެ ބިމަކީ ގޯތި ދިނުމަށް ހިއްކާ ބިން ކަމަށްވާއިރު ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ބިން ބޭނުންކުރާނެއެވެ. ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު، 1351 ގޯތި ހުޅުމާލެއިން ދޫކުރާނެއެވެ. މީގެތެރޭގައި 8 ސައިޒެއްގެ ގޯތި ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ