ޕީޖީ ޝަމީމު ޒިންމާއަށް އިޙްމާލުވެފައިވާ ކަމަށްބުނެ މަގާމުން ވަކިކުރުމަށް ހުށަހޅައިފި

ޕީޖީ ޝަމީމު ޒިންމާއަށް އިޙްމާލުވެފައިވާ ކަމަށްބުނެ މަގާމުން ވަކިކުރުމަށް ހުށަހޅައިފި
ލިޔުން:
ފޮރޮސެކިއުޓަރ ޖެނެރަލް ގެ މަގާމުގެ މަސްއޫލިއްޔަތު އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް އަށް އަދާނުކުރެވޭކަމަށްބުނެ އެނާ މަޤާމުން ވަކިކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލިސްގެ ރައީސައް ހުށަހަޅުއްވައިފިއެވެ.
އެމައްސަލަ ސިޓީއަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.
ހުޅުދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝާހިދުގެ ސިޓީގައި ފާހަގަކޮސްފައިވާ ނުކުތާތަކުގެ ތެރޭގައި، ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުމާއި، ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުމާއި، ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމާއި، 19 ވަނަ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނެސްފައިވުމާއި، މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް އަނބުރާ ގެނެސްފައިވުމާއި، އެ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު އެއް ޖިންސުން ގުޅުން ހިންގައި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ބަލަން ދެކޮޅުހަދާފައިވުމާއި، ކޮވިޑުތެރޭގައި ހިންގާފައިވާ ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރަން ނޮފޮނުވުމާއި، އަދި އެ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުން ހިމެނެއެވެ.
ހުޅުދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝާހިދުގެ ސިޓީގައި ބަޔާންކޮށްފައިވަނީ އެގޮތުން ޕީޖީ ޝަމީމު ޕްރޮސިކިއުޓާ ޖެނެރަލްއާ ގާނޫނުން މަތިކޮށްފައިވާ ވާޖިބާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާތީ ޕީޖީ ކަމުގެ މަގާމުން އޭނާ ވަކިކުރަން ހުށަހަޅާ ކަމަށެވެ.
މިނިވަން އަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ޕީޖީ ކަމުން ޝަމީމު ވަކިކުރުމުގެ މައްސަލައަކީ ރޭގައި ޕީއެންސީގެ އިސް މެންބަރުންތަކެއް މަޝްވަރާކުރުމަށްފަހު ނިންމާފައިވާ ނިންމުމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
