މާލެ: 31°C
ޕީޖީ ޝަމީމަށް މަގުމަތިން ހަމަލާދީ ޒަހަމް ކޮށްލައިފި

ޕީޖީ ޝަމީމަށް މަގުމަތިން ހަމަލާދީ ޒަހަމް ކޮށްލައިފި

January 31, 2024
3 ފަހަރު ބަލާފައި
ޕީޖީ ޝަމީމަށް މަގުމަތިން ހަމަލާދީ ޒަހަމް ކޮށްލައިފި
ޕްރޮސެކިއުޓަރ ޖެނެރަލް، ހުސެއިން ޝަމީމަށް މަގުމަތިން ދިމާކޮށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމީމަށް ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ މާލޭގެ މަގުމަތިންނެވެ. އަދި އެ މައްސަލަ ފުލުހުންގެ ގެންދަވަނީ އިތުރަށް ބަލަމުންނެވެ. މި ހަމަލާގައި ޝަމީމަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ލިބިފައި ނުވިޔަސް، ލިބުނު ޒަހަމް ތަކަށް ޝަމީމް ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ތަރުޖަމާނު، އަހުމަދު ޝަފީއު މައުލޫމާތު ދެއްވި ގޮތުގައި ޝަމީމަށް ހަމަލާދީފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެންކަން އަދި ކަށަވަރުވެފައި ނުވާ ކަމަށާއި، ލިބިފައިވާ ޒަހަމެއް ލިބިފައިވަނީ ޝަމީމްގެ އަތައް ކަމަށެވެ. އަދި ޝަމީމްގެ ހާލު މިހާރު ސްޓޭބަލް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ