ޕީޖީ އޮފީހުގެ މަސައްކަތްތައް ކާމިޔާބުވާނީ ފުލުހުންގެ މަސައްކަތްތަށް ކާމިޔާބު ވެގެން: ޕީޖީ ޝަމީމް

ޕީޖީ އޮފީހުގެ މަސައްކަތްތައް ކާމިޔާބުވާނީ ފުލުހުންގެ މަސައްކަތްތަށް ކާމިޔާބު ވެގެން: ޕީޖީ ޝަމީމް
ލިޔުން:
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މަސައްކަތްތައް ކާމިޔާބުވާނީ ފުލުހުންގެ މަސައްކަތް ކާމިޔާބުވެގެން ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމް ވިދާޅު ވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ، ނ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ޕްލީ ޕްލީ ބަރގެއިނިންގ ޓްރެއިނިންގ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމް އާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރންޓެންޑެންޓް މޫސާ އަލީއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ، ޕީޖީ އޮފީހުގެ މަސައްކަތްތައް ކާމިޔާބުވާނީ ފުލުހުންގެ މަސައްކަތް ކާމިޔާބުވެގެންކަމަށާއި، ފުލުހުންގެ މަސައްކަތް ކާމިޔާބުވަނީ ޕީޖީގެ މަސައްކަތް ކާމިޔާބުވެގެން ކަމުގައެވެ.
އެގޮތުން ދެ މުއައްސަސާގެ މީހުންގެ އަމާޒަކަށް ވާންވާނީ މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތްކޮށް، ދިމާވާ ހުރަސްތައް ނައްތައިލުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދިމާވާ ދަތިތަކަށް ލުއިފަސޭހަކަމެއް ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި މޫސާ އަލީ ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޕްރޮގްރާމެއް ނ. އަތޮޅުގައި ހިންގައިދެއްވިކަމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ރީޖަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ މައްސަލަތައް ތަހުގީގު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށް މޫސާ އަލީ ވިދާޅުވިއެވެ. މީގެ އިތުރުން، މޫސާ އަލީ ވަނީ، ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ފުލުހުންވެސް، ދަސްވި އެއްޗެހީގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށް އެދިލައްވާފައެވެ.
އިއްޔެ އާއި މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ޕްލީ ބަރގެއިނިންގ، ޕްލީ ބަރގެއިނިންގ އިން ކްރިމިނަލް ޕްރޮސީޖަރ، މައްސަލަތަކުގައި ފުލުހުން އަމަލުކުރަންޖެހޭ ގޮތްތަކާއި، ޕީޖީ އާއި ފުލުހުން ގުޅިގެންކުރާ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާއި އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ޕްރޮގްރާމްގެ ތެރެއިން ވަނީ ޕީޖީއޯ އޮންލައިން ޕޯޓަލް ލޯންޗުކުރުން ވެސް ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމުގައި ކްލާސްތައް ނަންގަވައިދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމް އާއި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް އަލީ ސަމީރު އާއި އެމެރިކާގެ ބޭފުޅެއްކަމުގައިވާ މިސްޓަރ މައިކަލް ހޭމަން އާއި ޕީޖީ އޮފީހުގެ ވަކީލުންނެވެ.
މި ޕްރޮގްރާމްގައި، ނ. އަތޮޅުގައި މަސައްކަތްކުރާ 23 ފުލުހުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
